ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އެރަށު ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް
ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އިސްނަގައިގެން، އެ ރަށުގެ ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ. ހދ. ޕޮލިހުން ބުނިގޮތުގައި ނިމިދިޔަ ހަފްތާގައި ފެށި މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމާއި، ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުން ދެކޭގޮތް ބަލަމުންދެއެވެ....