ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމަށް ސައިޓު ސާފުކުރުމާއި، ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށް ގެންދެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މަޝްރޫއުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި ސައިޓު ސާފުކޮށް ވަގުތީ...