ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހދ. ހަނިމާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ނިއުރޭޑިއަންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުލަބްގެ ފުޓްބޯޅަ އެކަޑަމީތައް ހިންގުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކްލަބުގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމާއި ފުޓްބޯޅައަށް މޮޅު ކުޅަދާނަ ދަރިންތަކެއް އުފެއްދުމެވެ.

Ad
rt

މި އެކަޑަމީގެ ތަމްރީންތައް އަންނަ މާޗު މަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި އެކަޑަމީން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ 7 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ފިރިހެން ކުދިންނަށެވެ.

މި އެކަޑަމީގައި ބައިވެރިވާ ކުދިންގެ އަތުން މަހު ފީއެއްގެ ގޮތުގައި 300 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، އެޕްލިކޭޝަން ފޯމާއިއެކު އަލަށް ވަންނަ ކޮންމެ ކުއްޖެއްގެ އަތުން އެކަޑަމީ ފީއެއްގެ ގޮތުގައި 300 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މާޗް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބައިވެރިވާން ބޭނުންވާ އެޕްލިކޭޝަން ފޯމް ރަސްމީ ގަޑުތަކުގައި ހަނިމާދޫ ކައުންސިލުން ލިބިލައްވާނެއެވެ.

މި އެކަޑަމީއާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ : 3327956