ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫ ހިމެނޭހެން 4 ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފިއެވެ.
ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަނީ ހޯރަފުއްޓާއި ހަނިމާދޫގެ އިތުރުން ގއ. ވިލިނގިއްޔާއި އައްޑޫ ސިޓީ މަރަދޫފޭދޫގަ އެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން މި މަސައްކަތް ކުރަން ޙަވާލުކޮށްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ.
ހޯރަފުއްޓާއި ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ. ވިލިނގިލީ މަޝްރޫޢު އެއް މިލިއަން ސާޅީސް ހަތްހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާއިރު، އައްޑޫ ސިޓީ މަރަދޫ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެއް މިލިއަން ހަތްދިހަ ދެހާހަށްވުރެ ގިނަ ރުފިޔާ އަށެވެ.
75 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާސިޙް ރަޝީދެވެ. ސްވިމިންގ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!