ހދ.ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ "ސާއްބަ އެނިވާސަރީ ކަޕް 2022" ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ޔޫތު ފްރެންޑްސް ހޯދައިފިއެވެ
މުބާރާތުގެ ތިންވަނަ ހޮވާ މެޗު މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއާއި ފަލްކަންއެވެ. މި މެޗު 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ލޯ މެޑެލް ޔޫތު ފްރެންޑްސް ވަނީ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔޫތު ފްރެންޑްސްގެ ޖޯޒީ ނަމްބަރު 7، އަލީ އާމިރުއެވެ.

މި މެޗުގައި ޔޫތު ފްރެންޑްސްގެ އަލީ އާމިރު، އާލިފް އިބްރާހީމް، ހުސައިން ސަލްވާން މި ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައިވާއިރު، މުޙައްމަދު ނާފިޒް، މުޙައްމަދު މަފާޒް، އަލީ ހައިޝަމް ހަސަން، އަހްމަދު ޒަޔާން، ޝޯހަމް ކްރިސްނަކާންތު، މި ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ޖަހާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު މާދަމާ އޮންނާނެއެވެ. މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ރިއަލް ސްޓާސްއާއި އަހުލީއެވެ. ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 15:50 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!