ހދ. ހަނިމާދޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

Ad
rt

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ 9 ވަނަ ދުވަހުގެ 10:00 ގައި ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފަނުވެއެވެ.

ހަނިމާދޫ ކައުންސިލު ބަޖެޓުން ޚަރަދުކޮށްގެން ހަދާ ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް ހަމަޖެހިފައި ވަނީ، ހަނިމާދޫ ބަނދަރު ސަރަހައްދުގައި މިހާރު ވެސް ކުޑަކުދިންގެ ޕާކްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެވެ. އެ ޕާކުގައި ކުރިން ކުޑަކުދިން ކުޅޭ ގިނަ ސާމާނު ހުރި ނަމަވެސް މިހާރު ވަނީ ހުރިހާ އެއްޗެއްހެން ހަލާކުވެ ބޭނުން ނުކުރެވޭވަރު ވެފައެވެ.