ހަނިމާދޫ ގައި ބިނާކުރަން ފަށާފައިވާ މިސްކިތް ނިންމަން އެމްޓީސީސީ އަށް
ހދ. ހަނިމާދޫ ގައި ސަރުކާރުން ބިނާކުރަމުންދާ މިސްކިތް ނިންމުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގައި މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދ،ި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގެ ފަރާތުން ސޮއިކުރެއްވީ ނައިބު ވަޒީރު އިބްރާހިމް އާސިމްއެވެ. މި ކަމާއި ގުޅިގެން އ...