ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ސާއްބަ އެނިވާސަރީ ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް އަހުލީން ކާމިޔާބު ކޮށްފިއެވެ.
ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް އާއި އަހުލީއެވެ. މި މެޗު އަހުލީން ކާމިޔާބު ކޮށްފައި ވަނީ ރޫހުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އަހުލީ ޓީމްގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި، ޝިފާން ހަސަންއެވެ.
ފައިނަލް މެޗު ނިމުމާއިއެކު ރޭ ވަނީ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކުގެ ނަންތައް އިއުލާންކޮށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްފައެވެ.
މުބާރާތުގެ ވަނަތައް
- އެންމެ މޮޅު ޑިފެންޑަރ – ޝިފާން ހަސަން / އަހުލީ
- އެންމެ މޮޅު ފޯވާޑް – ތައުމީން ނޫހް / ރޫހް
- އެންމެ މޮޅު މިޑްފީލްޑަރ – މުހައްމަދު އަސްލަމް / ރޫހް
- އެންމެ މޮޅު ގޯލްކީޕަރ – އަބްދުﷲ މުހައްމަދު / ރޫހް
- އެންމެ މޮޅު ޔަންގް ޕްލޭޔަރ – ޔައިޝް މުހައްމަދު ނާސިރު / ރިއަލް ސްޓާރސް
- އެންމެ މޮޅު ކުޅުންތެރިޔާ – އިބްރާހީމް އިމްރާން / އަހުލީ
މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިގެން ދެ ކުޅުންތެރިޔަކު ވަނީ ރަން ބޫޓް ހާސިލް ކޮށްފައެވެ. އެއީ ރޫހްގެ ތައުމީން އާއި އަހުލީގެ އިމްރާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އަދި ރަނަރަޕް ޓީމަކީ ރޫހް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!