ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ "ސާއްބަ އެނިވާސަރީ ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ.
މުބާރާތުގެ ސެމީ ފައިނަލުން ރޫހް ޓީމުން ޖާގަ ހޯދާފައި ވަނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕް އޭގެ ދެވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދި އަހުލީއެވެ.
ގްރޫޕް ބީގެ އެއްވަނަ ހޯދާފައި ވަނީ ރިއަލް ސްޓާސް އިންނެވެ. ރިއަލް ސްޓާސް އިން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުކޮށް އެއް މެޗުން މޮޅުވެ ފަސް ޕޮއިންޓް ހޯދާފައެވެ.

ގްރޫޕް ބީން ދެވަނަ ހޯދީ ޔުނީފޯމެވެ. ޔުނީފޯމުން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ހަތަރު ޕޮއިންޓް ހޯދާފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާއިރު، ފުރަތަމަ ސެމީގައި ވާދަކުރާނީ ޔުނީފޯމާއި ރޫހް އެވެ. ދެވަނަ ސެމީގައި މިރޭ ބައްދަލުކުރާނީ ރިއަލް ސްޓާސް އާއި އަހުލީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!