ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހުން ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާކަން މިއަދު ޢިއުލާންކޮށްފިއެވެ.

މޯލްޑިވިއަންގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް މިކަން ޢިއުލާންކޮށްފައިވާއިރު، މި ދަތުރުތައް ފަށަން ނިންމާފައި ވަނީ މި އަހަރުގެ މޭމަހުގެ 15 އިން ފެށިގެންނެވެ.

Ad
rt

މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.

މި ދަތުރުތައް މެއި 15 އިން ފެށިގެން ފަށާއިރު މާދަމާ އިން ފެށިގެން ޓިކެޓް ބުކިން ހެދުމުގެ ފުރުސަތު ހުޅުވައިލަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.

މޯލްޑިވިއަނުން މިހާރު ވެސް ހަނިމާދޫން އިންޑިއާގެ ޓްރެވެންޑްރަމަށް ހަފުތާއަކު ދެ ފްލައިޓް ބާއްވައެވެ. ކޮވިޑްގެ ކުރިން ހަނިމާދޫ އިން ކޮޗިން އަށް ވެސް ދަތުރުތައް ބޭއްވިއެވެ.

މި ދަތުރުތައް ފަށަން ނިންމާފައިވާއިރު، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމާ މި އަހަރުގެ މެދުތެރޭގައި ހިދުމަތް ފެށޭނެ ކަމުގައި ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން ވަނީ ކުރިން ބުނެފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ.