ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކުލާހުގެ ދަރިވަރުން އެ އަތޮޅު ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރާތްކޮށް މައުލޫމާތު ހޯދައިފިއެވެ.
އަދި ދަރިވަރުންނާ އެކީ 13 މުދައްރިއްސުންވެސް ވަނީ ބައިވެރިވެފައެވެ.
މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ އެގްރިކަލް ސެންޓަރުގައި ހުރި ތަފާތު ގަސްގަހާގެއްސާއި ގުޅޭ މަޢުލޫމާތު ހޯދައި، ގަސް ހައްދާނެ ގޮތް ގޮތާއި ގަހަށް ދޭން ޖެހޭނެ އަޅާލުން ފަދަ ކަންކަން ދިރާސާ ކުރުމެވެ.
އެގްރިކަލްޗަރ ސެންޓަރުގެ އިތުރުން ދަރިވަރުން ވަނީ ހަނިމާދޫ ސްކޫލަށް އަދި އެރަށުގައި ހުންނަ ޓޫރިސްޓް ސިޓީ ހޮޓަލެއްކަމަށްވާ، "ބެއަރފޫޓް އީކޯ ހޮޓެލް" އަށް ވެސް ޒިޔާރާތް ކޮށް ގިނަ ކަންކަން ދިރާސާ ކޮށް ދަސްކޮށްފައެވެ.
މި ދަތުރުގައި ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކުލާހުގައި ކިޔަވަމުންދާ 21 ދަރިވަރަކާއި، އެ ސްކޫލްގެ 13 މުދައްރިއްސަކު ވެސް ބައިވެރިވިއެވެ.
މިކަހަލަ އަގުހުރި ދަތުރު ތަކަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބޭނެ އިތުރު ހިތްވަރަކާއި އުފާވެރިކަމެކެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ކުރީންސުރެއްވެސް ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް މިކަހަލަ ފުރުސަތުތައް ފަހި ކޮށްދީ ދަރިވަރުންގެ ބޭނުންތަކަށް އަބަދުވެސް އިސްކަމެއްދޭ ސްކޫލެއްކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!