ހދ. ހަނިމާދޫ ގައި ސަރުކާރުން ބިނާކުރަމުންދާ މިސްކިތް ނިންމުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގައި މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދ،ި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގެ ފަރާތުން ސޮއިކުރެއްވީ ނައިބު ވަޒީރު އިބްރާހިމް އާސިމްއެވެ.

Ad
rt

މި ކަމާއި ގުޅިގެން އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 7,933 އަކަ މީޓަރުގެ ސަރަ ހައްދެއްގައި، 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރާނެ ކަމަށެވެ.

މި މަޝްރޫ ޢަކީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެކެވެ.

މި މިސްކިތް އެޅުމަށް ފައުންޑޭޝަން އަޅާފައިވާއިރު، މި މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.

ހދ. ހަނިމާދޫ އަކީ އާބާދީގައި 2600 އަށް ވުރެ ގިނަ މީހުން ހިމެނޭ ރަށެކެވެ. ހަނިމާދޫގައި އިތުރު 3 މިސްކިތް މިހާރު ވެސް ހުރެއެވެ.