ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ "ސާއްބަ އެނިވާސަރީ ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އަހުލީ އާއި ރޫހް ފުރުސަތު ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު، ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ރޫހް އާއި ޔުނީފޯމެވެ. މެޗު 3-0 ލަނޑުން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ ރޫހް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރޫހްގެ އަބްދުﷲ މުހައްމަދެވެ.
ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ އަހުލީ އާއި ރިއަލް ސްޓާސް އެވެ. މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ ހޯދީ އަހުލީންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އަހުލީގެ އިމްރާން އެވެ.
އަހުލީ އާއި ރޫހް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މާދަމާ (ހޯމަ) ރޭ 20:15 ގައި ހަނިމާދޫ ޓާފް ފުޓްބޯޅަ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!