މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ.ހަނިމާދޫ

445 Stories filed
ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ހަނިމާދޫގައި ލެބޯޓްރީއެއް އަޅަނީ
Thiladhunmathi News

ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ހަނިމާދޫގައި ލެބޯޓްރީއެއް އަޅަނީ

ރުކުމަޑި ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާގެ އެހީގައި ހދ.ހަނިމާދޫގައި ލެބޯޓްރީއެއް އަޅަން ނިންމާފައިވާ ކަމުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ، ކޮކްނަޓް ހިސްފިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދ...

ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅޭސާމާނާއިއެކު ހަނިމާދޫ ކުލަ ބަގީޗާ ހުޅުވައިފި
Thiladhunmathi News

ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅޭސާމާނާއިއެކު ހަނިމާދޫ ކުލަ ބަގީޗާ ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން އެ ރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކް “ކުލަ ބަގީޗާ” ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. ހަނިމާދޫ ބަނދަރު ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ މި ޕާކް ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުއެވެ. އެ ދުވަހު ޕާކް ހުޅުވުމުގެ ގޮތުން ކައުންސިލުން އިންތިޒާމް ކޮށްގެން އެތަނުގައި ވަނީ ކުޑަކުދިންގެ ހަވީރައް ބާއްވާފައެވެ. އަދި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް އެތަނުގައި އެ […]

އައު މަގުބައްތިތަކުން މުޅި ހަނިމާދޫ ދިއްލާ އަލިކޮށްފި
Thiladhunmathi News

އައު މަގުބައްތިތަކުން މުޅި ހަނިމާދޫ ދިއްލާ އަލިކޮށްފި

ހދ.ހަނިމާދޫ ކައުންސިލުން އެ ރަށު މަގުތަކުގައި ޒަމާނީ މަގުބައްތި ހަރުކޮށް ދިއްލާ އަލިކޮށްފިއެވެ. ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ މަގުބައްތި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ފޭސްގައި ވަނީ 180 ވޯޓްގެ 150 ލެޑް މަގުބައްތި ހަރުކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިނެޓް ޕްލަސް ކޮންޓްރަކްޝަން ކޮމްޕެނީއާއި ހަވާލުކޮށްގެން ފޭސް ދެއެއްގެ މަސައްކަތް މިހާރު ނިންމާފައިވާއިރު ދެވަނަ ފޭސްގައި ވަނީ 100 ވޯޓް، 268 ލެޑް މަގު...

އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް
Thiladhunmathi News

އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް

އިންޑިއާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރ މުނޫ މަހާވަރު ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ހާލަތު ބައްލަވާލެއްވުމަށް ކޮމިޝަނަރ ހަނިމާދޫއަށް ވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ ވަނީ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ...

ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ހަނިމާދޫ އަދި މިލަންދޫ
Raajje

ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ހަނިމާދޫ އަދި މިލަންދޫ

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ތިން ރަށެއް ހިމެނިއްޖެއެވެ. މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްުޔާތެއްގައި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއ...

"ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް" ހަނިމާދޫ ސްކޫލުގައި ކާމިޔާބުކަމާއިއެކު ކުރިއަށް
Thiladhunmathi News

"ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް" ހަނިމާދޫ ސްކޫލުގައި ކާމިޔާބުކަމާއިއެކު ކުރިއަށް

މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ހަނިމާދޫ ސްކޫލްގައި އިފްތިތާހްކުރި “ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް”ގެ ދަށުން ހައްދާފައިވާ ލެޓިއުސް ފުރަތަމަ ފަހަރަށް ކަނޑައިފި އެވެ. މި ޕްރޮގްރާމްގެ ދަށުން އެ ސްކޫލުގައި ހައްދާފައިވާ ލެޓިއުސް ކެނޑުމަށާއި ވިއްކުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. މިރަސްމިއްޔާތުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރާއި ހަނިމާދޫ ސްކޫލްގެ އިސްވެރިންނާއި މުވައްޒަފުން އަދި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވ...

ހަނިމާދޫ އިން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެޑްވާސް ދެއްކި ހަތަރު ބިން ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ އިން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެޑްވާސް ދެއްކި ހަތަރު ބިން ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ފަތުރުވެރިކަމުގެ ވިޔަވާރި ކުރުމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެޑްވާންސް ފައިސާ ދެއްކި ހަތަރު ކުންފުންޏަށް ހަނިމާދޫ ކައުންސިލުން ބިން ހަވާލުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަނިމާދޫ ކައުންސިލުގައި ބިންތައް ހަވާލުކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ހަތަރު ބިން ހަވާލުކޮށްފައި ވަނީ ތިން ކުންފުންޏަކަށެވެ. ބްރޯކް އެންޑް ބިޒީ ޕްރައިވެޓް ލިމިޓެޑް އަށް ދެ ބިން، އަދި ޔޫރެކާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މިންޓް ޕްރައިވެޓް ލިމިޓެޑް، މި ކޮންމެ ކުންފުނ...

ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ކައުންސިލުން ނިންމައިފި
Thiladhunmathi News

ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ކައުންސިލުން ނިންމައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 154 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅަން 20000 (ވިހިހާސް) އަކަފޫޓުގެ ބިމެއް 50 އަހަރަށް ދޫކުރުމަށެވެ. މި ނިންމުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ މަރުހަލާ ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން […]

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަން ފުޅާވެގެންދާނެ: ރައީސް
Raajje

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަން ފުޅާވެގެންދާނެ: ރައީސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރަށް ފަތުރުވެރިކަން ފުޅާވެގެން ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ބޭއްވި “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކުގެ އިތުރުން ރާއްޖޭ...

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ. މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ރަންވޭ މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިއާގެ...

ކުޅިވަރުގައި ރަށް ތަމްސީލް ކުރަން ހަނިމާދޫ ކައުންސިލުން ޖަމިއްޔާތަކަށް ހަތަރު ލައްކަ ރުފިޔާގެ އެހީ
Thiladhunmathi News

ކުޅިވަރުގައި ރަށް ތަމްސީލް ކުރަން ހަނިމާދޫ ކައުންސިލުން ޖަމިއްޔާތަކަށް ހަތަރު ލައްކަ ރުފިޔާގެ އެހީ

ހދ.އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ރަށް ތަމްސީލް ކުރުމަށް ހަނިމާދޫ ކައުންސިލުން އެ ރަށު ކުލަބް ޖަމިއްޔާތަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އޮގަސްޓް މަހު ބޭއްވި “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫ ތަމްސީލް ކުރަން ނުކުތް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް، ކައުންސިލުން މާލީ އެހީގެ ގޮތުގައި 82000 (އައްޑިހަ ދެހާސް) ރުފިޔާގެ ދިނެވެ. މި މަހުގެ ހަވަނަ ދުވަހު ކުޅުދުއްފުށީގައި ފެށި […...

މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހަނިމާދޫއަށް
Thiladhunmathi News

މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހަނިމާދޫއަށް

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް ބަލިކޮށް ޗެމްޕިއަންކަން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނުއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހަނިމާދޫ ޓީމުންނެވެ. މި ލަނޑު ފުރަތަމަ ހާފުގައި […]

ކުނީގެ މައްސަލަ ހައްލު ކުރުމުގައި ހަނިމާދޫ ކައުންސިލަށް ސަތޭކައަކުން.......؟
Thiladhunmathi News

ކުނީގެ މައްސަލަ ހައްލު ކުރުމުގައި ހަނިމާދޫ ކައުންސިލަށް ސަތޭކައަކުން.......؟

ރަށުގެ ވަށައިގެން އޮތީ ކުނިގޮނޑުތަކެވެ. ގެއާއި އެންމެ ކައިރީގައި ވައު އޮންނަ ދިމާއަކީ އެ ގެއަކަށް ހާއްސަ ކުނިއަޅާތަނެވެ. އެ މީހަކު ބޭނުން ވަރަކަށް ކުނި އަޅަންވީއެވެ. އެކިވައްތަރުގެ ކުނި ވަކިކުރުމަކީ އޭރު ދަންނަ ކަމެއް ނޫނެވެ. ގޮނޑަށް ކޮންމެ ބާވަތެއްގެ ކުންޏެއް ވެސް އަޅަންވީއެވެ. އާންމުކުނީގެ އިތުރުން ކުނިވާ ޒާތުގެ ކުންޏާއި ގައު ކުނޑިއާއި ދަގަނޑާއި ޕްލާސްޓިކެވެ. ރަށުގެ ވަށައިގެން އުފެދިފައިވާ ބޮޑެތި ކުނިގޮނޑުތަކާއި ގުޅިގެން އޭރު ވެސް ރައްޔިތުންގެ ތެރޭ ދޭތެރެ ދޭތެރެއިން ޝަކުވާ […]

ހަނިމާދޫ ޑަބްލިއުޑީސީން ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފި
Thiladhunmathi News

ހަނިމާދޫ ޑަބްލިއުޑީސީން ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފި

ހދ.ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށު ސައާދާ ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފިއެވެ. މި ޓާފަކީ އެ ސްކޫލުގެ ޕްލޭ އޭރިއާގައި އަލަށް ބަހައްޓާ ސްލައިޑް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެޅުމަށް އެ ކޮމެޓީން ހަދިޔާކޮށްފައިވާ ޓާފެކެވެ. އެ ކޮމެޓީން ކޮންމެ އަހަރަކު ވެސް އަންނަނީ ޕްރީ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނިމިދިޔަ އަހަރު ފައިސާގެ އެހީ ވެސް އެ ކޮމެޓީން ވަނީ ޕްރީސްކޫލަށް ފޯރުކޮށްދީފައެވެ. މީގެއިތުރުން...

އެގްރޯނެޓްގެ މުވައްޒަފުންނަށް ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި އިފްތިތާޙްކޮށްފި
Raajje

އެގްރޯނެޓްގެ މުވައްޒަފުންނަށް ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި އިފްތިތާޙްކޮށްފި

އެގްރޯނެޓް ކުންފުނީގެ މުވައްޒަފުންނަށް ހިންގާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ހދ. ހަނިމާދޫގައި އިއްޔެ އިފްތިތާޙްކޮށްފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން މުވައްޒަފުންގެ މެދުގައި ދަނޑުވެރިކަމުގެ ހުނަރާއި އިލްމީ ޤާބިލުކަން އިތުރު ކުރުމަށްޓަކައި 18 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް އިއްޔެ ވަނީ ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފައެވެ. މި ޕްރޮގްރާމަކީ، އެ ވުޒާރާ އާއި ޔޫއެންޑީޕީ އަދި އެގްރޯނެޓް ގުޅިގެން ޖަޕާން ސަރުކާރުގެ ހިލ...