މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި

290 Stories filed
ކުޅުދުއްފުށީގައި އައިސްޕްލާންޓެއް ގާއިމް ކުރަނީ
Thiladhunmathi News

ކުޅުދުއްފުށީގައި އައިސްޕްލާންޓެއް ގާއިމް ކުރަނީ

ކުޅުދުއްފުށި ސިޓީގައި އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް އެސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން އެ ސިޓީގެ މަސްވެރިންނަށް ހާއްސަކޮށް ރޭ ބޭއްވި ޖާފަތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އާތިފް ވިދާޅުވި ގޮތުގައި އެ އައިސްޕްލާންޓް ގާއިމުކުރުމަށް ނިންމާފައި ވަނީ ފެނަކަ ކޯޕޮރޭޝަން އާއި ސިޓީ ކަ...

އަންނަ އަހަރަށް ކުޅުދުއްފުށި ސިޓީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާކޮށްފި
Thiladhunmathi News

އަންނަ އަހަރަށް ކުޅުދުއްފުށި ސިޓީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީގެ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް އެސިޓީގެ ކައުންސިލުން ކުރިއަށް ގެންގޮއްސިއެވެ. އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެސިޓީގައި އަންނަ އަހަރު ކުޅިވަރުތައް ރާވާ އިންތިޒާމް ކުރަން ބޭނުންވާ ކްލަބް ޖަމްއިއްޔާ ތަކުގެ ހިޔާލު ވަނީ ހޯދާފައެވެ. އެގޮތުން މިއަންނަ އަހަރަށް ރޭވިފައިވާ ކުޅިވަރުތަކުގެ މައުލޫމާތާއި ގުޅިގެން އެ ފަރާތްތަކުން ވަނީ ކައުންސިލުންނާއި ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން އެ ކުޅިވަރުތައް ތާވަލ...

ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް
Thiladhunmathi News

ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް

ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ހާލު ބެލުމުގެ ހަރަކާތެއް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މިއީ 2021 ވަނަ އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު، ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަށް ޒިޔާރަތްކޮށް،...

ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް
Thiladhunmathi News

ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ރޯވީ ކުޅުދުއްފުށީ ސިޓީގައި ހުންނަ “މެސްކޮޓް ގަރާޖް” ގައެވެ. އެ ގަރާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ވަނީ ނިއްވާލާފައެވެ. މެސްކޮޓް ގަރާޖްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައި ވަނީ ރޭ މެންދަމުން އަނބުރާ 02:48 ހާއިރުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު [...

ކުޅުދުއްފުށީ އުތުރު ބަނދަރު ދަތުރުހިޔާ ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީ އުތުރު ބަނދަރު ދަތުރުހިޔާ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ތަރައްޤީކޮށްފައިވާ ދަތުރު ހިޔާ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީކައުންސިލްގެ ފަރާތުން އެ ސިޓީގެ އުތުރު ބަނދަރުގައި ތަރައްގީކޮށްފައިވާ މި ދަތުރުހިޔާ ހުޅުވީ، މިއަދު ހެނދުނު 10:00ގައި އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ކައުންސިލް 3 ވަނަ ދައުރުގެ ރައީސް ޢަބްދުލް ލަޠީފް ޙަސަނެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްއާއި، ކައުންސިލަރުންނާއި،...

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިއްޔެ ކުޅުދުއްފުށި ސީޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސިޓީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އިއްޔެ މެންދުރުފަހު ކުޅުދުއްފުށި ސިޓީކައުންސިލުގައި ކުރިއަށް...

އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ދަރިމައިވުމުގެ ޞިއްޙަތާއިގުޅޭ މަރުކަޒު ކުޅުދުއްފުށީގައި އިފްތިތާޙްކޮށްފި
Thiladhunmathi News

އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ދަރިމައިވުމުގެ ޞިއްޙަތާއިގުޅޭ މަރުކަޒު ކުޅުދުއްފުށީގައި އިފްތިތާޙްކޮށްފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު “އުފަންވެނި ޞިއްޙަތު” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީގޮތުން އިއްޔެ އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް(ޔޫ.އެން.އެފް.ޕީ.އޭ) ގެ އެހީގައި ގާއިމުކުރި މަރުކަޒެކެވެ. ކޭއާރުއެޗްގައި އިއްޔެ އިފްތިތާޙްކުރި “އުފަންވެނި ޞިއްޙަތު” މަރުކަޒަކީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި ޤާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މި މަރުކަޒުގެ ސަބަބުނ...

ކުޅުއްދުއްފުށީގައި ކުރިއަށް ގެންދިޔަ "ހިޔަލަ އެކްސްޕޯ" ވަރަށް ކާމިޔާބު
Thiladhunmathi News

ކުޅުއްދުއްފުށީގައި ކުރިއަށް ގެންދިޔަ "ހިޔަލަ އެކްސްޕޯ" ވަރަށް ކާމިޔާބު

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ “ހިޔަލަ އެކްސްޕޯ 2021″އަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފިއެވެ. “ހިޔަލަ އެކްސްޕޯ 2021” އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި، އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމް ކޮށްފައިވާ ހަރަކާތެކެވެ. އެގޮތުން އިއްޔެ މި އެކްސްޕޯ ރަސްމީކޮށް ހުޅުވާދެއްވީ ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހްމަދެވެ. މި އެކްސްޕޯގައި އަންހެނުން ވަނީ ގިނަ އަދަދެއްގެ...

Thiladhunmathi News

އުތުރުގެ މައި ހޮސްޕިޓަލްގެ ތާރީޚްގައި އެންމެ ބޮޑު ކުރިއެރުން ލިބުނު 3 އަހަރު

މިއަދު، ނޮވެންބަރު 17، 2018 އަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވިތާ 3 އަހަރާއި އަރާ ހަމަކުރާ ދުވަހެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެ ވަޑައިގަތްއިރު ގައުމު އޮތް ހާލަތުން އަރައިގެންނެވުމަށްޓަކައި އެމަނިކުފާނު ފެއްޓެވި ދަތުރުގައި 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ލައިގަތީ މުޅިދުނިޔެ އިނދަޖައްސާލި ކޯވިޑްގެ އާލަމީ ވަބާއެވެ. އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް އެކަށައެޅުއްވުމުގައި، އަދި އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސ...

ކުޅުދުއްފުށީ ޕޮލިސް ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީ ޕޮލިސް ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަޅާފައިވާ ފުޓްޝަލް ދަނޑު ރަސްމީކޮށް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިދަނޑު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެވެ. މި ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. މި މެޗްގައި މިނިސްޓަރު އިމްރާންގެ އިތުރުން، ސީޕީ ހަމީދު ވެސް ކުޅުއްވިއެވެ. ހޯމް މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ […]

ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އާކުރުމަށް ޢާއިލާއަށް ހަނދާނީ ފިލައެއް
Thiladhunmathi News

ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އާކުރުމަށް ޢާއިލާއަށް ހަނދާނީ ފިލައެއް

ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ. މި ފިލައަކީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންގެ ފަރާތުން ޙުސައިން އާދަމްގެ އާއިލާއަށް އެރުވި ހަނދާނީ ފިލައެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ފިލައަކީ، ކުޅުދުއްފުށީ، މާވާގެ، ޝަހީދު ޙުސައިން އާދަމް ދިވެހިރާއްޖޭގެ ދިފާޢުގައި ވެވަޑައިގަތް ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއ...

ބަޖެޓް 2022: ކުޅުދުއްފުށީ ސިޓީގައި އަލަށްފަށާ 8 މަޝްރޫޢުއެއް
Thiladhunmathi News

ބަޖެޓް 2022: ކުޅުދުއްފުށީ ސިޓީގައި އަލަށްފަށާ 8 މަޝްރޫޢުއެއް

އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުޅުދުއްފުށީ ސިޓީގައި އަލަށް 8 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައިވާ ގޮތުން އަންނަ އަހަރު އެ ސިޓީގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 98،056،367 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ކުޅުދުއްފުށީ ސިޓިގައި އަލަށް ފަށަން ހިމަނާފައިވާ 8...

ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައިފި

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ސިޓީގައި ކުރިއަށް ގެންދިޔަ މި ކޯހަކީ ކާމިޔާބު ކަމާއެކު ނިންމާލެވުނު ކޯހެއްކަމަށް އެ ކޮމެޓީން ވަނީ ވިދާޅުވެފައެވެ. މި ކޯސް ފަށާފައިވަނީ މި އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޯހުގައި ކިޔަވާދީފައި ވަނީ ބްލަޝް ސެލޫންގެ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ. މި ކޯހަކީ […]

ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރި، ހދ. ކުޅުދުއްފުށީ، ރެޑްޕާލް، އާދަމް ޝަރީފް މުހައްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް އިއްޔެ ސޮއިކޮށްފިއެވެ. ކުރިން އެމްޑީޕީއާއި، ޑީއާރުޕީގައި ވެސް އިސް ސަފުގައި މަސައްކަތްކުރި އާދަމް ޝަރީފް އެމްއެންޕީއާއި ގުޅުނުކަން ހާމަކޮށް އެ ޕާޓީން ބުނީ، ސިޔާސީ ދާއިރާގައި، ޚާއްސަކޮށް ސިޔާސީ ކެމެޕެއިންތަކުގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކުޅުދުއްފުށި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފައިވާ...

މިއަހަރުގެ ޔޫތު އެވޯޑު ކުޅުދުއްފުށީ 3 ދަރިއަކަށް
Raajje

މިއަހަރުގެ ޔޫތު އެވޯޑު ކުޅުދުއްފުށީ 3 ދަރިއަކަށް

މިއަހަރުގެ ޔޫތު އެވޯޑް ލިބުނު 10 ޒުވާނުންގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 3 ޒުވާނެއް ހިމެނިއްޖެއެވެ. މިގޮތުން މި އަހަރުގެ ޔޫތު އެވޯޑު އެންމެ ގިނައިން ލިބުނު ޒުވާނުން ނިސްބަތްވާ ރަށަކަށް ވެފައި ވަނީ ހދ. ކުޅުދުއްފުއްޓެވެ. މި އެވޯޑްތައް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑްތައް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި ގޮތުން މިއަހަރުގެ ޔޫތު އެވޯޑް […]