ކުޅުއްދުއްފުށީގައި ކުރިއަށް ގެންދިޔަ "ހިޔަލަ އެކްސްޕޯ" ވަރަށް ކާމިޔާބު

ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ "ހިޔަލަ އެކްސްޕޯ 2021"އަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފިއެވެ.

"ހިޔަލަ އެކްސްޕޯ 2021" އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި، އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމް ކޮށްފައިވާ ހަރަކާތެކެވެ.

އެގޮތުން އިއްޔެ މި އެކްސްޕޯ ރަސްމީކޮށް ހުޅުވާދެއްވީ ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހްމަދެވެ.

މި އެކްސްޕޯގައި އަންހެނުން ވަނީ ގިނަ އަދަދެއްގެ އެކި ބާވަތްތަކުގެ ތަކެތި ޝޯކޭސްކޮށް ވިއްކާފައެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ދިވެހިންގެ ހާއްސަ އުފެއްދުންތައް ކަމަށްވާ ރޯނު، ބަނދި އަދި ގުޅި ފަދަ ތަކެތިވެސް ހިމެނެއެވެ.

ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މި އެކްސްޕޯއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއްލިބި، ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށްފައެވެ.

ބިޒްނަސް ސެންޓަރުން ވަނީ މި އެކްސްޕޯ އެހީތެރި ވެދިން ފަރާތްތައް ފާހަގަކޮށްފައެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ޖޮބް ސެންޓަރުގެ ނަން އެ ސެންޓަރުން ވަނި ފާހަގަ ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި