ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ޚިލާފަށް ހއ. މުރައިދޫއިން ފުރައިގެން އެއަތޮޅު ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ އިން ޑިންގީއެއްގައި ހއ. ބާރަށަށް ގޮސް، އަންބުރާ ހއ. މުރައިދޫ އަށް ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

Ad
rt

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ގެ އެންގެވުމާ ޚިލާފުވި މިމީހާ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 20 ވަނަ ދުވަހުގެ 23:36 ހާއިރު ހައްޔަރުކޮށް މިމައްސަލަ ތަޙްޤީގު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން، ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް، ގއ. ގެމަނަފުށިން އެ އަތޮޅު ކޮނޑޭއަށް ދިޔަ 60 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައި ވެ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ނޮޅިވަރަމުން ކެނޯއެއްގައި ކުޅުދުއްފުއްޓަށްދިޔަ ދެމީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.