‏ހއ. ބާރަށުގެ ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު ރައްކާތެރިކޮށް ތަރައްޤީ ކުރުމަށް މަޝްވަރާ ކޮށްފިއެވެ.

ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ހއ. ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ.

Ad
rt

މި މަޝްވަރާގައި ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ތޯރިގެވެ. މީގެ އިތުރުން މި މަޝްވަރާގައި ބައިވެރިވީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ އާއި ބާރަށު ކައުންސިލުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމާއި ގުޅިގެން ސްޓޭޓް މިނިސްޓަރު ތޯރިގް ވިދާޅުވީ ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރުމުގައި ބާރަށު ދާއިރާގެ މެންބަރު، އަޙްމަދު ޢަބުދުﷲ އާއި، ބާރަށު ކައުންސިލުގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށް ވިދާޅުވެފައި ވާ ކަމަށެވެ.

''ދާދި އަވަހަށް މަސައްކަތް ފެށިގެންދާނެ''

ތޯރިގް ވިދާޅުވިއެވެ.

ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރުމަށް މަޝްވަރާކޮށްފައިވާއިރު، ބާރަށަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމުގައި ބޭނުން ކުރުމަށް އުތީމު މަހާރަދުން ބެންނެވި މަޝްހޫރު އުޅަނދު، "ކަޅުއޮށްފުންމި" ބަނތް ރަށެވެ.

ތާރީޚީ ގޮތުންނާއި، ޘަގާފީގޮތުންނާއި އަދި ޤުދުރަތީގޮތުން މިރަށަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ، ވަރަށް ޚާއްޞަ ރަށެކެވެ.