ހއ. ބާރަށު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވާފައި ވާގޮތުގައި އެރަށުގައި ހިނގި މިއަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރަށު އޭސިއާ ގޭ ނަމަކަށް ކިޔާގެއެއްގައެވެ.
އަލިފާން ރޯވެފައި ވަނީ މިއަދުގެ 11:50 ހާއިރުގައި ކަމަށާއި، އަދި 12:15 ހާއިރު އަލިފާން ނިވާލާފައި ވާކަމަށާއި އަލިފާން ނިއްވާލާފައި ވަނީ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މައިގެ އާއި ވަކިން ހުރި އެގޭގެ ކޮޓަރިބަރިއެއްގައި ކަމަށަށްވެސް އޭނާ މައުލޫމާތު ދެއްވާފައި ވެއެވެ.
އޭނާ އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެގޭގެ އަލިފާން ރޯވި ކޮޓަރިބަރި ބޭނުން ނުކުރެވޭވަަރަށް މުޅިން ހަލާކުވެފައިވާ ކަމަށާއި، ފާރުތައްވެސް ވަރަށް ބޮޑަށް ރެނދު އަޅައި ވަނީ ހަލާކުވެފައިވެފައެވެ.
އަލިފާން ރޯވި އޭސިއާ ގޭގައި ދިރިއުޅެމުން ދިޔައީ ދެމަފިރިއަކާއި އެމީޙުންގެ ދަރިންކަމަށާއި އެމީހުން މިހާރު ދިރިއުޅެމުން ދަނީ އެގޭގެ އެހެން ބައެއްގައި ކަމުގައިވެސް އޭނާ ވިދާޅުވިދާޅުވިއެވެ.
މިއަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ގެންދަވަނީ ތަޙުޤީޤު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!