ބަންދުކޮށްފައިވާ ފަތްތަކެއް ހއ. ބާރަށު ބޭރުން ހޮވައިފި އެވެ.

ބާރަށުން ވާހަކަ ދެއްކި މީހަކު ބުނީ ބަންދުކޮށްފައި ހުރި ފަތްތަކެއް މިއަދު ހަވީރު މަހަށް ނުކުމެ އެޅުނު އެރަށު ދޯންޏެއްކަމަށްވާ "ޑިސްކަވަރީ" ދޯނިން ހޮވާފައިވަނީ މިއަދު 17:50 ހާއިރުކަމަށެވެ.

Ad
rt

ތިލަދުންއާއި ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ބޮޑު އެއްޗެއް އޮޔާ ދާތީ މަހަށް ނިކުމެ އުޅުނު ބަޔަކަށް ފެނިގެން އެ ކަނޑާ ބެލުމުން އެއީ ބޮނޑި ބޮނޑިއަށް ހުރި ފަތްތަކެއްކަން އެނގުނު ކަމަށެވެ. ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ފަތްތަކެއް ކަމެއް ނޭނގޭ ކަމަށާއި، އެތަކެތި މިހާރު ބާރަށު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ފޮޓޯއިން ފެންނަނީ ވަރަށް ރީތިިކޮށް ބޮޑިބޮޑިއަށް ބަދެފައިވާ ފަތްތަކެކެވެ. ނަމަވެސް އެއީ ކޮން ކަހަލަ ފަތްތަކެއްކަން ވަކި ކުރާކަށް ނޭންގެއެވެ. ދެ ފޫޓްގެ އެ ޕާރްސަލްގައި ވަރަށް ގިނަ އަދަދަކަށް އޭގެ ފަތް ހުއްޓެވެ. އަދި ޕާރްސަލްގައި ފަތްތައް ބަންދު ކޮށްފައިވަނީ ދެ ބަޔަކަށް ވަރަށް ތަރުތީބުންނެވެ.

މިގޮތައް ބަންދުކޮށްފައިވާ ފަތްތަކެއް ބ. އޭދަފުށި ފަޅުތެރެއިން އޮޔާ ދަނިކޮށް މިދިޔައަހުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުވެސް ވަނީ ހޮވާފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަދުވަހު ގިރިފުށީ ޖެޓީ ސަރަހައްދަށް މިއަދު ލެއްގި ޕާރުސަލަކުންވެސް މީގެ ފަތްތަކެއް ވަނީ ފެނިފައެވެ.