ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ހއ. ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އެރަށުގެ ކޮންމެ ގޭބީސީއަކަށް 15 ކިލޯ ހަނޑޫ ފޯރުކޮށްދީފި އެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އެޖަމިއްޔާގެ އިފިސަލަކު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން އިއްޔެ 260 ގޭބީސީއަކަށް ހަނޑޫ ބަހާފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ގެއަކަށް 15 ކިލޯގެ ރޭޓުން ހަނޑޫ ފޯރުކޮށްދީފައިވާނެކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެފަރާތުން ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އެރަށު ކައުންސިލުން އެދިއްޖެ ކޮންމެ ހާލަތެއްގައި އެހީތެރިވުމަށް އެ ޖަމިއްޔާއިން ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން އެރަށުގެ ޓާސްކް ފޯހުން ކޮންމެ އެހީތެރިކަމަކަށް ބޭނުންވާ ހާލަތުގައި އެހީތެރިވުމަށް ތައްޔާރަށް އެ ޖަމިއްޔާގެ މެންބަރުން ތިބިކަން ފާހަގަ ކުރިއެވެ.

ބާރަށު ޒުވާނުންގެ މެދުގައި ކުޅިވަރު ކުރިއެރުވުމަށް ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ދިރުމުގެ ފަރާތުން އަންނަނީ ތަފާތު ހަރަކާތްތަކެއް އެރަށުގައި ހިންގަމުންނެވެ. އެގޮތުން ބާރަށު މިސްކިތްތަކުގެ ކަރަންޓް ބިލް ދައްކައިދީފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!