ހއ. ބާރަށު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ދީފިއެވެ.

ބާރަށުން ވާހަކަ ދެއްކި ޒުވާނަކު ވިދާޅުވީ މިއީ ބާރަށު ޒުވާނުންގެ އިސްނެގުމުގެ މަތިން ބާރަށު ރައްޔިތުންގެ ނަމުގައި ދެއްވި ރޯދަވީއްލުމެއް ކަމަށެވެ.

Ad
rt

ބާރަށު ރައްޔިތުންގެ ފަރާތުން ރޯދަވީއްލުމަށް ފޮނުވި ތަކެތީގައި ވަނީ ބާރަށު ރައްޔިތުންގެ ފަރާތުން ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ހާއްސަ މެސެޖެއްވެސް ދެއްވާފައެވެ.

ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ﷲ ތަޢާލާ އަވަސް ޝިފާއެއް މިންވަރުކުރައްވާށި! އަޅުގަނޑުމެން ބާރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނގެ ހެޔޮ ދުޢާ ވަނީ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނާއި އެކު!

އެމެސެޖުގައި ބުނެފައިވެއެވެ.

ބާރަށަށަކީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ.