ހއ. ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.

ތިލަދުންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ބުނީ ބާރަށު ގެއެއްގެ ކައިރީ ޕާކުކޮށްފައިވާ ސައިކަލެއްގައި ރޭ 03:00 އެހާކައްހާއިރު ރޯކޮށްލާފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ.

Ad
rt

ފުލުހުން ބުނީ ރޯކޮށްލި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށާއި އެސައިކަލަކީ ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސިވިލް މުވައްޒަފެއްގެ ސައިކަލެއްކަމަށެވެ. މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މިމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުވެސް ވަނީ އެރަށުގައި ސައިކަލެއް ރޯކޮށްލާފައެވެ. އެފަހަރު ރޯކޮށްލާ ބޮޑެތި ގެއްލުންތަކެއް ދީފައިވަނީ ހއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ ސައިކަލަށެވެ.