Skip to main content
Topic Archive

#މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

47 Stories filed
ބޮޑެތި ޕާރުސަލްތައް ނަގަން ފަސޭހަކޮށްދޭން މޯލްޑިވްސް ޕޯސްޓުން ހާއްސަ ސްޓޭޝަނެއް
Business

ބޮޑެތި ޕާރުސަލްތައް ނަގަން ފަސޭހަކޮށްދޭން މޯލްޑިވްސް ޕޯސްޓުން ހާއްސަ ސްޓޭޝަނެއް

ބޮޑެތި ޕާރުސަލްތައް ލިބިގަތުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި ހާއްސަ ޕިކްޕޯސްޓް ސްޓޭޝަނެއް މިއަދު ހުޅުވައިފި އެވެ. މޯލްޑިވްސް ޕޯސްޓްގެ މައި އިދާރާގައި މިއަދު ހުޅުވި މި ޕިކްޕޯސްޓް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ. ޕޯސްޓް އޮފީހުން ބުނި ގޮތުގައި މި ސްޓޭޝަނަކީ އެ ކުންފުނީގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ތަރައްގީކޮށް...

ގްލޯބަލް ދުކާނުގެ ޕޭމަންޓްތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިދީފި
Business

ގްލޯބަލް ދުކާނުގެ ޕޭމަންޓްތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިދީފި

އިންޑިއާގެ އީ-ކޮމާސް މާކެޓްޕްލޭސް “ގްލޯބަލް ދުކާން” މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ތައާރަފުކޮށްފިއެވެ. މިއީ އޮންލައިންކޮށް ވިޔަފާރިކުރާ ދިވެހިންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ޚިދުމަތެކެވެ. މޯލްޑިވްސް ޕޯސްޓުން ބުނި ގޮތުގައި، ކަސްޓަމަރުން ވިޔަފާރިކުރުމަށްފަހު ޗެކްއައުޓް ކުރާ ވަގުތު “ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް” އިޚުތިޔާރު ކުރެވޭނެއެވެ. އަދި އެތަ...

މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
Business

މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފިއެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއުލާނުކޮށްފައެވެ. ޕީސީބީން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އެ ދެ ބޭފުޅުން އައްޔަނުކޮށްފައިވަނީ މިއަދު ކަމަށެވެ. ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިލީ ބޭފުޅަކާއި ގއ. ނިލަންދޫ ބޭފުޅެކެވެ. އެގޮތުން...

ޕިކްޕޯސްޓް ޚިދުމަތް އަތޮޅު ތަކަށް، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް
Thiladhunmathi News

ޕިކްޕޯސްޓް ޚިދުމަތް އަތޮޅު ތަކަށް، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް

މޯލްޑިވްސް ޕޯސްޓްގެ ޚިދުމަތްތައް ޒަމާނީކޮށް ފުޅާކުރުމުގެ ގޮތުން، އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ފެށި “ޕިކްޕޯސްޓް” ޚިދުމަތް ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ސިޓީގައި ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތާއެކު ކުޅުދުއްފުށީގައި ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތްތައް މިހާރު ވަނީ އެ ސިޓީގެ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. 26 ޖުލައި 2026 ގައި ކުޅުދުއްފުށީގައި ރަސްމީކޮށް ފެށި މި ޚިދުމަތުގެ ސަބަބުން، ޕާރުސަލް ނެގުމަށްޓަކައި ކިއު އެއްގައި މަޑުކުރަން...

ވޯލްކަޕާ ގުޅިގެން އީ.އެމް.އެސް އިން ފޮނުވާ ކޮންމެ ޝިޕްމަންޓަކަށް %26ގެ ޑިސްކައުންޓެއް
Business

ވޯލްކަޕާ ގުޅިގެން އީ.އެމް.އެސް އިން ފޮނުވާ ކޮންމެ ޝިޕްމަންޓަކަށް %26ގެ ޑިސްކައުންޓެއް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕާ ގުޅުވައިގެން މޯލްޑިވްސް ޕޯސްޓް އޮފީހުގެ އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ހިދުމަތުން %26ގެ ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.   މޯލްޑިވްސް ޕޯސްޓުން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވާ ކޮންމެ ޝިޕްމަންޓަކުން މި ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އީއެމްއެސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި […]

ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް
Business

ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ”ފީފާ ވޯލްޑް ކަޕް 2026” ޚާއްސަ ކަވަރޭޖްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޕީއެސްއެމް ޓީވީ ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝަހީދް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ކަވަރޭޖުގެ ކޯ ސް...

ގްލޯބަލް ދުކާން: އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް ދިވެހިންނަށް ހުޅުވާލައިފި
Business

ގްލޯބަލް ދުކާން: އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް ދިވެހިންނަށް ހުޅުވާލައިފި

މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން، އިންޑިއާގެ މަޝްހޫރު އީކޮމާސް މާކެޓްޕްލޭސްތަކުން ދިވެހިންނަށް ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު “ގްލޯބަލް ދުކާން” މެދުވެރިކޮށް ހަމަޖައްސައިފިއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އިންޑިއާގެ އީކޮމާސް ސައިޓްތަކުން ގަންނަ ތަކެތި މިހާރު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ. ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިއާގެ އެންމެ މަޝްހޫރު ޕްލެޓްފޯމްތައް ކަމަށްވާ އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ ތަންތަނުން ވިޔަފ...

މާލޭގެ ޕޯސްޓުގެ ހިދުމަތްތައް "ޕޯސްޓް ސާވިސް ސެންޓަރަށް" ބަދަލުކޮށްފި
Business

މާލޭގެ ޕޯސްޓުގެ ހިދުމަތްތައް "ޕޯސްޓް ސާވިސް ސެންޓަރަށް" ބަދަލުކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުން އަންނަ ޚިދުމަތްތައް ވަގުތީ ގޮތުން “މޯލްޑިވްސް ޕޯސްޓް – ސަރވިސް ސެންޓަރ” އަށް ބަދަލުކުރެވިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބަދަލަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ޕޯސްޓް ބިލްޑިންގ ކުރިމަތީ އޮންނަ ބޮޑުތަކުރުފާނުގެ މަގު ބަންދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ. މިހާރު ޕޯސްޓުގެ ޚިދުމަތްތައް ދެމުން ގެންދާނީ މ. އައިރިސް، އޯކިޑް މަގު، ގްރައުންޑް ފްލޯގައެވެ....

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް
Business

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް

ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދިވެހި ޕޯސްޓްގެ ޚިދުމަތަށް 119 ވަނަ އަހަރު ފުރުމުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިނ...

ޕޯސްޓުގެ ޚިދުމަތަށް މާފަންނުން އިމާރާތެއް ކުއްޔަށް ހޯދަނީ
Business

ޕޯސްޓުގެ ޚިދުމަތަށް މާފަންނުން އިމާރާތެއް ކުއްޔަށް ހޯދަނީ

މޯލްޑިވްސް ޕޯސްޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މާލޭގެ މާފަންނުން އިމާރާތެއް ކުއްޔަށް ހޯދަން ފަށައިފިއެވެ. މޯލްޑިވްސް ޕޯސްޓުން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް އަގު ހުށަހަޅާ ފޯމާއެކު އަންދާސީ ހިސާބު ހުށަހަޅަން ހުުޅުވާލާފައިވާ ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 3ގެ މެންދުރު 2:00 އާ ހަމައަށެވެ. ޕޯސްޓުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބީލަން ހުށަހަޅަން ޖެހޭނީ ޕޯސްޓު ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ...

ބީއެމްއެލް ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ގެއަށް، މެއިލިން އެޑްރެސް އަޕްޑޭޓް ކުރަން އެދިއްޖެ
Business

ބީއެމްއެލް ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ގެއަށް، މެއިލިން އެޑްރެސް އަޕްޑޭޓް ކުރަން އެދިއްޖެ

ފަސޭހައިން ކާޑު ހަވާލުކުރެވޭ ގޮތަށް މެއިލިންގ އެޑްރެސްއަޕްޑޭޓްކުރުމަށް ބީއެމްއެލް އިން އެދިއްޖެއެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު ބީއެމްއެލުން އަންނަނީ މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ޑެލިވަރީ ކުރަމުންނެވެ. ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ. ބީއެމްއެލުން ބުނީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް ނުހަނު...

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފަށަނީ
Business

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފަށަނީ

ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައްޔާރުވެއްޖެއެވެ. މި މަސައްކަތްތައް ފެށުމަށް ޕޯސްޓް ލިމިޓެޑުން މިހާރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބިޑަށް ހުޅުވާލާފައެވެ. ޕޯސްޓް ލިމިޓެޑުން ކުރި އިއުލާނެއްގައި ވަނީ ޕޯސްޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށް ދޭން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް...

ޓޭމޫއިން އޯޑަރު ކުރާ ކުދިން ސަމާލުވޭ! ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖު ކުރަނީ
Business

ޓޭމޫއިން އޯޑަރު ކުރާ ކުދިން ސަމާލުވޭ! ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖު ކުރަނީ

މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ކަސްޓަމަރުން ސަމާލުވުމަށް އެދެފި އެވެ. މި މެސެޖުތަކުގައި އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ކަމަށް ބުނެ ލިންކުތަކެއް ހިމަނާފައިވާއިރު، މޯލްޑިވްސް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މިފަދަ މެސެޖެއް ނުފޮނުވާނެކަން އަންގައިދީފައިވެއެވެ. “މޯލްޑިވްސް ޕޯސްޓް ޑެލިވަރީ ރިމައިންޑަރ: ލޮބުވެތި ކަސްޓަމަރު، އަޅުގަނޑުމެން ތިޔަބޭފުޅާގެ ޕެކޭޖު ޑެލިވަރކުރަން ގިނަ ފަހަރު މަތިން މަސައްކަތްކޮށްފީމެވެ. ނަމަވެސް ތިޔަބޭފުޅާގެ އެޑް...

ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާރސް ޕްލެޓްފޯރމް "ޓީމޫ" ދިވެހިރާއްޖެއަށް
Business

ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާރސް ޕްލެޓްފޯރމް "ޓީމޫ" ދިވެހިރާއްޖެއަށް

ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯރމް ކަމުގައިވާ ޓީމޫ އިން ވަނީ ދިވެހިރާއްޖޭގައި އެ ޕްލެޓްފޯރމްގެ ޚިދުމަތްތައް ދޭން ފަށައިފި އެވެ. އެމެރިކާ އާ ޔޫރަޕްގައި ނަން މަޝްހޫރު  ޓީމޫ ގެ މާކެޓްޕްލޭސް، މި ސަރަޙައްދުގެ ގައުމުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން  މިއީ، ފާހަގަކޮށްލެވޭ ފުޅާކުރުމެކެވެ. ގިނަ އަދަދެއްގެ އުފެއްދުންތަކެއް ވާދަވެރި އަގުތަކެއްގައި އޮމާންކަމާއެކު އޮންލައިންކޮށް ޝޮޕިންގ ކުރުން ތަޖުރިބާކޮށްލުމަށް މަޝްހޫރު މި ޕްލެޓްފޯމް، މިހާރު މިވަނީ ދިވެހި ކަސްޓަމަރުންނާ ހަމައަށް ފޯ...

ޕޯސްޓުން އަންނަތަކެތި ރައްދުކޮށްދިނުމުގައި ތިން ވަނަ ފަރާތެއް މެދުވެރިއެއް ނުކުރަން: ޕޯސްޓް
Business

ޕޯސްޓުން އަންނަތަކެތި ރައްދުކޮށްދިނުމުގައި ތިން ވަނަ ފަރާތެއް މެދުވެރިއެއް ނުކުރަން: ޕޯސްޓް

ޕޯސްޓުން އަންނަތަކެތި ރައްދުކޮށްދިނުމުގައި ތިން ވަނަ ފަރާތެއް މެދުވެރިއެއް ނުކުރާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން ބުނެފިއެވެ. ޕޯސްޓް އޮފީހުން ވަނީ އެ ކުންފުނި މެދުވެރިކޮށް އަންނަ ތަކެތި ފޯރުކޮށްދިނުމަށް ޒަމާނީ މެއިލް ޑެލިވަރީ ނިޒާމެއް ގާއިމުކޮށްފައެވެ. އެ ކުންފުނިން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނީ، ޕޯސްޓް އޮފީހަށް ލިބޭ އަދި ބަަލައިގަންނަ މޭލް (ޑޮކިއުމެންޓް، ޕެކޭޖް، ކޮންސައިންމަންޓް) ވެރިފަރާތަށް ރައްދުކޮށްދެމުން ދަނީ އެ ކުންފުނިން ގާއިމުކޮށްފައިވާ މެއިލް ޑެލިވަރީ ނިޒާމްގެ ތެރެއިން ކަމަށެ...