މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢިޝާ ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދަން ވީޑިއޯ އާންމުކޮށްފި
Raajje

މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދުމަށް ފުލުހުން އިއުލާންކޮށް، އެ މީހުންގެ ވީޑިއޯ އާންމުކޮށްފިއެވެ. ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ މީހުންނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ބައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ފިހާރައެއްގެ ތެރ...

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިއްޖެ
Raajje

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިއްޖެ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހްގީގުނިންމައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން މިއަދު ބުނީ ޕީޖީ ޝަމީމަށް ޙަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 7 މީހުންގެ މައްސަލަ ތަޙުޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ 31 ޖެނުއަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓ...

ޑްރަގް ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފި
Raajje

ޑްރަގް ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ މުދިމުގެ ވަނަވަރު ވެސް އާންމުކޮށްފައެވެ. އެރަށު މުދިމަކީ އުމުރުން 37 އަހަރުގެ ޣާނިމް ސަލީމް (ޝަބްނަމްގެ، ކ. ކާށިދޫ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ގައުމީ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހެއް ވެސް މަސްތުވާތަކެތި...

ޑްރަގްގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގްގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރުމާކަމަށް ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެރަށުގައި އިއްޔެ ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އަލީ ނާސިރު، ފަހާގެ/ގދ. ގައްދޫ (38އ) އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަލާ ފާސްކުރިއިރު މަސްތުވާތަކ...

ބިދޭސީއެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި
Raajje

ބިދޭސީއެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ބިދޭސީ އަންހެނެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. އެ އަންހެން މީހާ އަކީ ހުޅުމާލޭގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރާ މީހެކެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ޢަލީ ޝައްމާހު ވަހީދު، ސްކޫނަރ/ގދ. ތިނަދޫ އެވެ. ބިދޭސީ އަންހެނެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރިގެންފި އޭނާގައިގާ ކަޓަރު އަޅައި، ބިރުދައްކާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނީ މިއަދުއެވެ. ރާއްޖޭގައ...

ނަރުހެއްގެ މައްޗަށް ތުހުމަތުވާ ޑްރަގްގެ މައްސަލައެއް
Raajje

ނަރުހެއްގެ މައްޗަށް ތުހުމަތުވާ ޑްރަގްގެ މައްސަލައެއް

އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ނަރުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއް، އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ އިދާރާއިން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށް...

ޑްރަގާއި ދެ ރުނބާ ބޮގަރާއިއެކު ދެ ދިވެހިން ހައްޔަރުކޮށްފި
Raajje

ޑްރަގާއި ދެ ރުނބާ ބޮގަރާއިއެކު ދެ ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އިތުރުން ދެ ރުނބާ ބޮގަރާއިއެކު ލ. ގަމުން ދެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފިއެވެެ. ފުލުހުންގެ އިދާރާއިން ބުނީ މިއަދު ލ.ގަމު ތުނޑި/ ވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރެވިފައިވާ ކަމަށެވެ. އެ ގޭތެރެއިން ހެރޮއިން ކަމަށް ޝައްކުކުރެވޭ 24.42 ގްރާމްގެ ދެ ރަބަރު ޕެކެޓާއި، ދެ ރުނބާ ބޮގަރުގެ […]

ވަައިބާ ހެކްކޮށްގެން ފައިސާ އަތުލާ މައްސަލައަށް ސަމާލުވުމަށް އެދިއްޖެ
Raajje

ވަައިބާ ހެކްކޮށްގެން ފައިސާ އަތުލާ މައްސަލައަށް ސަމާލުވުމަށް އެދިއްޖެ

ވަައިބާ ހެކްކޮށްގެން ޢާއިލީ މީހުންނާއި ރައްޓެހިން އަތުން ފައިސާ އަތުލާ މައްސަލައަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުން މިއަދު ބުނީ ވައިބާ ހެކްކޮށް، ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ. މިގޮތުން ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑާއި، އޯޕީޓީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މީހަކު ފައިސާ ހޯދަން އެދުނު ނަމަވެސް އެއީ ކާކުކަން ކަށަވަރުކޮށްފައި މެނުވީ އެފަދަ މުއާމަލާތެއް ނުކުރުމަށް ފު...

އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
Raajje

އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މާލޭގައި ހިނގާފައިވާ އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެ ދެ މީހުން ފެންނަ ވޯޑިއޯ އާންމުކޮށް ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގުކުރަމުންދާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާ ދެ މީހުން ކަމަށެވެ. މި މީހުން ހޯދަނީ 2024 މެއި 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެންނެވެ. ވީޑިއޯ: އެކްސިޑެން...

ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ

ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް ޢާއިލާއިން މައުލޫމާތު ދީފައިވާ ކ...

ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަސް ވެރިފަރާތާއި ހަވާލުކޮށްފި
Raajje

ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަސް ވެރިފަރާތާއި ހަވާލުކޮށްފި

މާލޭގެ ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަހާއި އޭގައި ހުރި ތަކެތި ވެރިފަރާތާއި ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، މިއަދު 10:50 ހާއިރު މާލޭ މާފަންނުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި މައްސަލައެއްގެ މައުލުމާތު ލިބިފައިވާ ކަމަށެވެ. އެމީހުންގެ ދަބަސް ވަގަށް ނަގާފައި ވަނީ މޫދަށް އެރުމަށް ގަސްތައް ކައިރީ ދަބަސް ބާއްވާފައި އޮއްވައެވެ. މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އެ ދަބަސް […]

ފުރަން ގޮސް އެއާޕޯޓުގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
Raajje

ފުރަން ގޮސް އެއާޕޯޓުގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެމީހާ އަކީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ގޮސް ހުރި ދިވެއްސެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑޮމެސްޓިކް ޓާމިނަލް ތެރެއިންނެވެ. ރޭގައި ހައްޔަރުކުރި މި މީހާއަކީ އުމުރުން 30 އަހަރުގެ މީހެކެވެ. ”އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގްރާމްހުރި” ފުލުހުން ބުނެފަވެއެވެ....

ބޮޑުމޮހޮރާގައި ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
Raajje

ބޮޑުމޮހޮރާގައި ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ވ.އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ބޮޑުމޮހޮރާއިން ބަނގުރާ ފުޅިތަކަކާއިއެކު ތިން މީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ، ވިއްކާކަމުގެ މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް އަދި ވ.އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ތިން މީހުން ހަތްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތިން ފިރިހެނުންނެވެ. އޭގެތެރޭގައި ލަންކާ މީހަކު ހިމެނެއެވެ. އެ ތިން މީ...

މާނުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ދަނީ ތަހުގީގުކުރަމުން: ފުލުހުން
Raajje

މާނުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ދަނީ ތަހުގީގުކުރަމުން: ފުލުހުން

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު (ގޭސް މާނު)ގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައި ވަނީ މާނު މިއަދު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. އޭނާ ރާއްޖެ އައީ އަހަރުތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުމަށްފަހުއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނު މައްޗަށް...

ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ހުޅުމާލެއިން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ. އެ މީހާހައްޔަރުކުރިކަން ހާމަކޮށް ފުލުހުން ބުނީ އެމީހާއަތުން 48 ދަޅު ބިޔަރާއި ރާފުޅިއެއް ފެނިފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ މިރޭ ދިހައެއް ޖަހާކަށް ހާއިރު ހުޅުމާލޭގައި ހުންނަ އަމީނު އެވެނިއު ފްލެޓްތައް ކައިރިންނެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަަމަށް ފުލުހުން ބުންޏެވެ. ރާއްޖޭގައި ހިންގާ އެކިއެކި ކުށްތަކުގައި ބިދޭސީން ޝާމިލްވުން އިތުރުވެފައިވާއިރު، މީގެ ކުރީން ވެސް އެކިފަހަރުމަތީން ވަނީ ބަނގުރަލާއި...