އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ނަރުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއް، އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ އިދާރާއިން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ވެސް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!