ވ.އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ބޮޑުމޮހޮރާއިން ބަނގުރާ ފުޅިތަކަކާއިއެކު ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ، ވިއްކާކަމުގެ މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް އަދި ވ.އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ތިން މީހުން ހަތްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތިން ފިރިހެނުންނެވެ. އޭގެތެރޭގައި ލަންކާ މީހަކު ހިމެނެއެވެ.
އެ ތިން މީހުންނަކީ އަހުމަދު އަޝްރަފް (43އ) ކ. މާލެ/ މ.ލަކްސްގާޑަން އާއި އަމްޖަދު މުހައްމަދު (50އ) ގދ. ތިނަދޫ/ ބްލޫހެވަންގެ އިތުރުން ނަލިން އިންޑިކާ ކޮޑިކާރު (52އ) ސްރީލަންކާ، އެވެ.
މި މައްސަލައާއި ގުޅިގެން އެ ރަށް ބަލާ ފާސްކޮށް ފުލުހުން ވަނީ 24 ފުޅި ބަނގުރާ ހޯދާފައެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!