މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
އިލެކްޓްރޯނިކް ސާމާނުތަކެއްގެ ވަގަށްނެގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

އިލެކްޓްރޯނިކް ސާމާނުތަކެއްގެ ވަގަށްނެގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ބ.ދަރަވަންދޫ ވިދުވަރު، ހުސެއިން ޝާއިފާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލްއެވެ. ފުލުހުން ބުނީ...

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި
Raajje

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

އަންހެނެއްގެ ކަރުގައި ވަޅިޖައްސައިގެން ރަހީނުކޮށް ބިރުދެއްކި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވާން މަސައްކަތް ކުރަނިކޮށް ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ. މިދިޔަ ހޯމަ ދުވަހު މަރުވި އަތުހަރާއި ގުޅޭގޮތުން މިއަދު ފުލުހުން މީޑިއާއަށް ފޮނުވި މައުލޫމާތުގައި ބުނީ ށ.މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވ...

އެމްބަސީތައް ކައިރިއަށް އެއްވެގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި
Raajje

އެމްބަސީތައް ކައިރިއަށް އެއްވެގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލައިފިއެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ބޭއަދަބީ ބަހުރުވައިން މުއާމަލާތުކޮށް ފުލުހުންނަށް ނުކިޔަމަންތެރިވިކަމުގެ މައްސަލާގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ، ކ.މާލެ ބަޑިކުޅިމާގެ، ޢާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޛުރ...

ދައުރުވަނީ ސައްހަ ތަހުގީގު ރިޕޯޓެއްނޫން: ފުލުހުން
Raajje

ދައުރުވަނީ ސައްހަ ތަހުގީގު ރިޕޯޓެއްނޫން: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަނީ ސައްހަނޫން ލިޔުމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ ލިޔުމެއް މީސްމީޑިއާގެ މަންސަތަކުގައި ދައުރުކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިކަމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި އެއީ ސ...

ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އަނިޔާވެ ފަރުވާދެނީ
Raajje

ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އަނިޔާވެ ފަރުވާދެނީ

ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ. މިހާދިސާ ހިނގީ މިއަދު ހަވީރު 4:34 އެހާކަންހާއިރު މާލޭ ރާޅުގަނޑު ސަރަޙައްދުގައެވެ. ލޯންޗެއް ބަނޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މެރިން ޕޮލިސް އާއި އެމްއެންޑީއެފްއިން ވަނީ އެ ސަރަޙައްދަށް ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި ލޯންޗުގައި ތިބީ 4 މީހުންނެވެ. އެއީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އޭގެ ތެރެއިން 2 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މެރިން […]

އޭސީސީގެ އެންގުމާ ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަން ދިނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން: ދައުލަތް
Raajje

އޭސީސީގެ އެންގުމާ ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަން ދިނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން: ދައުލަތް

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން ކަމަށް ފުލުހުންގެ ފަރާތުން ހައި ކޯޓުގައި ބުނެފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ނިމެންދެން […]

ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި
Raajje

ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި

ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާ މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ. މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން އިބްރާހިމް އިކްރާމާއި ކާރުގައި ދެން […]

އިނަ މޯލްޑިވްސް އޮފީހަށް ގެއްލުންދީ ވައްކަންކޮށްފި
Raajje

އިނަ މޯލްޑިވްސް އޮފީހަށް ގެއްލުންދީ ވައްކަންކޮށްފި

ޓްރެވެލް އެޖެންސީތަކެއް ހިންގާ އިނަ މޯލްޑިވްސް އޮފީހަށް ގެއްލުންދީ ވައްކަންކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި އޮފީހަށް ގެއްލުންދީ ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 40 އަހަރުގެ، އަޒްމީލް މުހައްމަދު، ބުލްބުލާގެ/ރ.މީދޫ އެވެ. ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އިނަ މޯލްޑި...

އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި
Raajje

އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރުދެއްކުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު (32) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އަތުހަރުގެ ލޯބިވެރިޔާ ކަރުގައި ވަޅިޖައްސައި ރަހީނުކޮށް ސައިކަލުގައި ފިލަން މަސައްކަތް ކުރަނިކޮށް، އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ބޮލުގައި މުގުރުން ޖެހުމުން އޭނާއަށް ލިބުނު އަނިޔާއަށް ބުރާސްފަތި ދުވަހުގެ ރޭ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން...

އީދު މިސްކިތުން ވައްކަންކޮށްފި
News

އީދު މިސްކިތުން ވައްކަންކޮށްފި

މާލޭގެ އީދު މިސްކިތުގެ ފަންކާތަކުގެ ނަރުތައް ބުރިކޮށްލައި ވައްކަންކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، އީދު މިސްކިތުން ރޭ އިރުއޮއްސި 6:00 އާއި ރޭގަނޑު 10:00 އާއި ދެމެދު ވައްކަންކޮށްފައިވާ ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، އީދު މިސްކިތުގެ ފަންކާތަކުގެ ނަރުތައް ބުރިކޮށްލައި ވައްކަންކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން […]

81،030 ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު
Raajje

81،030 ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު

ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ޑޮލަރު ބޭރުކުރަން އުޅުނު ބަންގްލަދޭޝް މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، މައްސަލަ ތަހްގީގުކުރަން ފަށައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފެހެއްޓީ 25 އޯގަސްޓް 2024 ގައެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް ދީފައިވާ ކަމަ...

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
Raajje

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ދިވެހި ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ. މި ބަނގުރަލަކީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާއެވެ. ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ ފުލުހުންނަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރ...

އޮފީހަކުން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

އޮފީހަކުން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ މ. ކަނީރުވިލާގައި ހުންނަ ރިއޯލޯ އޮފީހުން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އޯގަސްޓް 22 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން، ވަގަށް ނެގި ތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައި އަދި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ރިއޯލޯ އޮފީހުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 2 […]

ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ފަރުވާދެނީ
Raajje

ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ފަރުވާދެނީ

ރޭ ފަތިހު ސިނަމާލެ ބްރިޖު ލައިޓު ކައިރީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. ރޭ ފަތިހު 05:26 ހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 21 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ އަންހެނެއްގެ އިތުރުން 43 އަހަރުގެ ފިރިހެނަކަށެވެ. މީގެތެރެއިން 21 އަހަރުގެ ފިރިހެން މީހާއަށާއި 19 އަހަރުގެ އަންހެން މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ. 43 އަހަރުގެ ފިރިހެން […]

ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފި
Raajje

ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ވަނަވަރު ވެސް ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ. މިގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ، ޝާނާ މުހައްމަދު ޖުނައިދު، ބުރުނީގެ/ގދ.ވާދޫ އެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.