ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ހުޅުމާލެއިން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
އެ މީހާހައްޔަރުކުރިކަން ހާމަކޮށް ފުލުހުން ބުނީ އެމީހާއަތުން 48 ދަޅު ބިޔަރާއި ރާފުޅިއެއް ފެނިފައިވާ ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ މިރޭ ދިހައެއް ޖަހާކަށް ހާއިރު ހުޅުމާލޭގައި ހުންނަ އަމީނު އެވެނިއު ފްލެޓްތައް ކައިރިންނެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ހިންގާ އެކިއެކި ކުށްތަކުގައި ބިދޭސީން ޝާމިލްވުން އިތުރުވެފައިވާއިރު، މީގެ ކުރީން ވެސް އެކިފަހަރުމަތީން ވަނީ ބަނގުރަލާއި، ބިޔަރާއެކު ބިދޭސީން ހައްޔަރުކޮށްފައެވެ.
ސަރުކާރުން އަންނަނީ ބިދޭސީންގެ ސަބަބުން ނުކުންނަ އިޖުތިމާޢީ މައްސަލަތައް މަދުކޮށް، އެމީހުން ޤަވާޢިދާއި ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!