ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި އެމީހާ އަކީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ގޮސް ހުރި ދިވެއްސެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑޮމެސްޓިކް ޓާމިނަލް ތެރެއިންނެވެ.
ރޭގައި ހައްޔަރުކުރި މި މީހާއަކީ އުމުރުން 30 އަހަރުގެ މީހެކެވެ.
''އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގްރާމްހުރި'' ފުލުހުން ބުނެފަވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!