ވަައިބާ ހެކްކޮށްގެން ޢާއިލީ މީހުންނާއި ރައްޓެހިން އަތުން ފައިސާ އަތުލާ މައްސަލައަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ވައިބާ ހެކްކޮށް، ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
މިގޮތުން ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑާއި، އޯޕީޓީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީހަކު ފައިސާ ހޯދަން އެދުނު ނަމަވެސް އެއީ ކާކުކަން ކަށަވަރުކޮށްފައި މެނުވީ އެފަދަ މުއާމަލާތެއް ނުކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް އެ އިދާރާއަށް ރިޕޯޓް ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މިކަމަށް ސަމާލުވުމަށް ފުލުހުން އެދިފައިވާއިރު، ރާއްޖޭގައި ވައިބާ ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!