މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

ފުލުހުން ވަނީ މުދިމުގެ ވަނަވަރު ވެސް އާންމުކޮށްފައެވެ. އެރަށު މުދިމަކީ އުމުރުން 37 އަހަރުގެ ޣާނިމް ސަލީމް (ޝަބްނަމްގެ، ކ. ކާށިދޫ) އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ގައުމީ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހެއް ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުކުރެވިގެން އެ ހޮސްޕިޓަލުން ވަނީ އެކަން ބަލައިދިނުމަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފުލުހަށް ހުށަހަޅާފައެވެ. މި މައްސަލާގައި ތުހުމަތު ކުރެވިފައި ވަނީ އައިޖީއެމްއެޗުގެ ވޯޑު އިންޗާޖަކަށް ކުރިން ހުރި ދިވެހި އަންހެން ނަރުހެއްގެ މައްޗަށެވެ.

އެ ނަރުސްމީހާ މިހާރު ހުރީ ސަސްޕެންޑްކޮށްފައި ކަމަށް އިއްޔެ އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުން އިއްޔެ ވަނީ ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރު ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެވެ.