ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ.

ފުލުހުން ބުނީ، ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ، އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް ޢާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާގެ ޚަބަރެއް ޢާއިލާ އެންމެ ފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އެހެންކަމުން އަޙްމަދު އަނިލް މުޙައްމަދު ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މިގޮތުން އަޙްމަދު އަނިލް މުޙައްމަދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅުއްވައި އެކަން ހިއްސާކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.