މަސްތުވާތަކެތީގެ އިތުރުން ދެ ރުނބާ ބޮގަރާއިއެކު ލ. ގަމުން ދެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފިއެވެެ.

ފުލުހުންގެ އިދާރާއިން ބުނީ މިއަދު ލ.ގަމު ތުނޑި/ ވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރެވިފައިވާ ކަމަށެވެ.

Ad
rt

އެ ގޭތެރެއިން ހެރޮއިން ކަމަށް ޝައްކުކުރެވޭ 24.42 ގްރާމްގެ ދެ ރަބަރު ޕެކެޓާއި، ދެ ރުނބާ ބޮގަރުގެ އިތުރުން ފަސްލިޓަރުގެ ބޮގަރު ފުޅިއަކާއި، ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު އެ ގެތެރެއިން ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 42 އަހަރު އަދި 57 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.