އެކްސިޑެންޓް ވުމުން ފިލި ދޯނި މަހަކަށްވުރެ ގިނަ ދުވަސްވީފަހުން ފެނިއްޖެ
މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ހުޅުމާލެ ފަޅުތެރެއިން ފެނިއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭ 21:10 ހާއިރު، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން “ލީޖަން 1” ނަމަކަށް ކިޔާ ލޯންޗަކާއި އެ ދޯނި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގުމަށްފަހު ދޯނި ވަނީ އެ ސަރަހައްދަށް […]