މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ހުޅުމާލެ ފަޅުތެރެއިން ފެނިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭ 21:10 ހާއިރު، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އެ ދޯނި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގުމަށްފަހު ދޯނި ވަނީ އެ ސަރަހައްދަށް މަޑުނުކޮށް ފިލައިގެން ގޮސްފައެވެ. މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން އަވަސް ފަރުވާ ދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށްވެސް ގެންދިޔައެވެ.

Ad
d

މި އެކްސިޑެންޓާ ގުޅިގެން އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ފުލުހުން ތަހުގީގުގެ ތެރެއިން ކުރަމުން ދަނިކޮށް، ދޯނި ފެނިފައިވަނީ މި އޯގަސްޓް މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައިކަމަށް މިއަދު ފުލުހުން ބުންޏެވެ.

މާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

އުޅަނދު ފެނުމާ ގުޅިގެން ފުލުހުން ވަނީ އެ ދޯނި ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަނާ ސުވާލުކޮށްފައިވާ ކަމަށާއި، ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

Ad
df

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.