ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުމެއް
ހދ. ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި، މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ އެ ރަށު ކައުންސިލާއި، ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މި ބައްދަލުވުމުގައި، ބިދޭސީންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމާއި ރަށުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހދ. ނައިވާދ...