ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފިއެވެ.

މިއީ ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފައިވާ މައްސަލައެކެވެ.

Ad
rt

މި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައި ވަނީ އެރަށު ފެހިވިލާގެ، މުޙައްމަދު ފާރިޤު (28އ)ގެ މައްޗަށެވެ.

މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ 10 އޮގަސްޓު 2026 ވަނަ ދުވަހުއެވެ.

މި މައްސަލައަކީ 2020 ނޮވެމްބަރު 24ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ.