Skip to main content
Topic Archive

#އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)

42 Stories filed
ޔޫއޭއީން އީރާނާއެކު ކުރަމުންދިޔަ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް މެދުކަނޑާލައިފި
International

ޔޫއޭއީން އީރާނާއެކު ކުރަމުންދިޔަ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް މެދުކަނޑާލައިފި

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނާއެކު ކުރަމުންދިޔަ އެންމެހައި ވިޔަފާރި އަދި މާލީ މުއާމަލާތްތައް ވަކި ގޮތެއް އަންގަންދެން މެދުކަނޑާލައިފި ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަފްރާ އަލް ހާމިލީ މި ނިންމުން އިއުލާނު ކުރައްވަމުން ވިދާޅުވީ، މިއީ މެދުއިރުމައްޗާއި ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ބުރޫއަރާ ފަދަ ސަ...

ޔޫއޭއީގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފި
International

ޔޫއޭއީގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރާ އައު ގަރާރެއް އެގައުމުގެ ސަރުކާރުން ފާސްކޮށްފިއެވެ. ޖޫން 18 ގައި ފާސްކުރި މި ގަރާރުގެ ދަށުން، 15 އަހަރުން ދަށުގެ ކުދިންނަށް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓް ހެދުމާއި، އެކައުންޓްތައް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ޔޫއޭއީގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މަނާކުރުމުގެ ދަށުން އެ އުމުރުފުރާގެ ކުދިންނަށް ސޯޝަލް މީޑިއާގައި އެއްޗެހި ޕޯސްޓްކުރުމާއި، […]

ހަނގުރާމައިގެ ކުރީކޮޅު ޔޫއޭއީން އީރާނަށް ވަރުގަދަ ހަމަލާތަކެއްދިން: ޑަބްލިއުއެސްޖޭ
International

ހަނގުރާމައިގެ ކުރީކޮޅު ޔޫއޭއީން އީރާނަށް ވަރުގަދަ ހަމަލާތަކެއްދިން: ޑަބްލިއުއެސްޖޭ

ހަނގުރާމަ ފެށުނު ދުވަސްވަރުން ފެށިގެން އޭޕްރީލް މަހު އިއުލާނުކުރި ސުލްހައިގެ އެއްބަސްވުމާ ހަމައަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނަށް އަމާޒުކޮށް ގިނަ އަދަދަކަށް ވައިގެ ހަމަލާތަކެއް ދީފައިވާކަން ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ހުކުރު ދުވަހު ޝާއިޢުކުރި މި ރިޕޯޓުގައިވާ ގޮތުން، ޔޫއޭއީން ވަނީ ފަރަންސޭސިވިލާތުގެ މިރާޖް ފައިޓަރ ޖެޓްތަކާއި، އެފް-16 ބޯޓުތަކުގެ އިތުރުން ޗައިނާގައި އުފައްދާފައިވާ ވިންގް ލޫންގް ޑްރޯންތައް ބޭނުންކޮށްގެން...

ޔޫއޭއީގެ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޑްރޯން ހަމަލާއެއް ދީފި
International

ޔޫއޭއީގެ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޑްރޯން ހަމަލާއެއް ދީފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަރަކާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް އާދީއްތަ ދުވަހު އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން، އެ ސަރަހައްދުގައި އޮތް ނުތަނަވަސްކަން އިތުރުވެ، އީރާނު ހަނގުރާމައިގެ މެދުކެނޑުމަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ޕްލާންޓުގެ ބޭރު ފަރާތުގައި ހުރި އިލެކްޓްރިކަލް ޖަނަރޭޓަރަކަށެވެ. މީގެ ސަބަބުން އެތަނުގައި އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ނިއުކްލިއަރ ރޭޑިއޭޝަން ބޭރުވުން ފަދަ ނުރައްކާތެރި ހާދިސާ...

ޔޫއޭއީގެ ސަފީރުކަމަށް ތޯބެ، ގަތަރަށް އާދަމް ޝަރީފް
Parliament

ޔޫއޭއީގެ ސަފީރުކަމަށް ތޯބެ، ގަތަރަށް އާދަމް ޝަރީފް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓްޖޭންޖް މިނިސްޓަރު ތޯރިގު އިބްރާހީމް (ތޯބެ) އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ލޯކަލް ކައުންސިލްތަކާއި، ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ދެ ބޭފުޅުން ސަފީރުކަމަށް ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމަށް ރައީސް ފޮނު...

ނަތަންޔާހޫ ސިއްރުން ޔޫއޭއީއަށް ގޮސް އެގައުމުގެ ރައީސާ ބައްދަލުކުރި: ރިޕޯޓު
International

ނަތަންޔާހޫ ސިއްރުން ޔޫއޭއީއަށް ގޮސް އެގައުމުގެ ރައީސާ ބައްދަލުކުރި: ރިޕޯޓު

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ސިއްރު ދަތުރެއްކޮށް އެ ގައުމުގެ ރައީސްއާ ބައްދަލުކޮށްފައިވާކަމަށް އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ. ބުދަ ދުވަހު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާއެކު ހަނގުރާމަ ހިނގަމުންދިޔަ ދަނޑިވަޅެއްގައި ނަތަންޔާހޫ ޔޫއޭއީއަށް ގޮސް އެ ގައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އާލް ނަހްޔާންއާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިއީ މި ދެ މީހުން ބައްދަލުކުރިކަން ރަސްމީ އިދާރާއަކުން ކަށަވަ...

ޔޫއޭއީގެ ތެޔޮ މަރުކަޒަށް ހަމަލާ ދިނީ އަހަރެމެންނެއްނޫން، އެކަން ކުރީ އެމެރިކާއިން: އީރާން
International

ޔޫއޭއީގެ ތެޔޮ މަރުކަޒަށް ހަމަލާ ދިނީ އަހަރެމެންނެއްނޫން، އެކަން ކުރީ އެމެރިކާއިން: އީރާން

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ހުންނަ ހަކަތަ އުފައްދާ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދިނުމުގައި އީރާނުގެ ބައިވެރިވުމެއް އޮތް ކަމަށް ކުރާ ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީން ހޯމަ ދުވަހު ބުނި ގޮތުގައި، ޔޫއޭއީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާ ދިނުމުގެ އެއްވެސް ރޭވުމެއް އެ ގައުމުން ގެންގުޅެފައެއް ނުވެއެވެ. ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވ...

ޔޫއޭއީގެ ސުކޫލުތަކުގައި އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި
International

ޔޫއޭއީގެ ސުކޫލުތަކުގައި އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހުރިހާ ސުކޫލުތަކެއްގެ ކިޔަވައިދިނުން އަންނަ ހުކުރު ދުވަހާ ހަމައަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެ، ކުއްލި ނުރައްކަލުގެ އެލާޓްތައް ނެރުމާ ގުޅިގެންނެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި މިނިސްޓްރީން މިކަން އިއުލާން ކުރީ، ތިން ގަޑިއިރާއި ބައިގެ ތެރޭގައި ފަސް ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ އެލާޓް ސިސްޓަމް މެދުވެރިކޮށް އިންޒާރު ދިނުމަ...

ޑްރޯން ހަމަލާއަކާ ގުޅިގެން ޔޫއޭއީގެ ފުޖައިރާގެ ޕެޓްރޯލިއަމް ކޮމްޕްލެކްސްއެއްގައި އަލިފާން ރޯވެއްޖެ
International

ޑްރޯން ހަމަލާއަކާ ގުޅިގެން ޔޫއޭއީގެ ފުޖައިރާގެ ޕެޓްރޯލިއަމް ކޮމްޕްލެކްސްއެއްގައި އަލިފާން ރޯވެއްޖެ

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީޒް ޒޯން (އެފްއޯއައިޒެޑް) އަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އިންޑިއާގެ ތިން ރައްޔިތަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ޔޫއޭއީގެ ”ޚަލީޖް ޓައިމްސް” އިން ވަނީ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ކަށަވަރުކޮށްދީފައެވެ. އަނިޔާވި މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ފުޖައިރާ ސިވިލް ޑިފެންސް ޓީމުތަކުން ދަނީ އަލިފާން ކޮންޓްރޯލްކުރުމަށާއި ހާލަތު ވަޒަންކުރު...

ޔޫއޭއީން ދުބާއީ އާއި ޝާރްޖާ ސަރަހައްދަށް މިސައިލް އެލާޓެއް ނެރެފި
International

ޔޫއޭއީން ދުބާއީ އާއި ޝާރްޖާ ސަރަހައްދަށް މިސައިލް އެލާޓެއް ނެރެފި

އެމެރިކާ އާއި އީރާނާ ދެމެދު އޭޕްރީލް 8 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިސައިލް އެލާޓެއް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މި އެލާޓް ނެރެފައިވަނީ ސްޓްރެއިޓް އޮފް ހޯރްމޫޒްގައި ދަތުރުކުރަމުންދިޔަ އޭޑީއެންއޯސީ އާ ގުޅުންހުރި ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއް ޔޫއޭއީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވަނިކޮށެވެ. ޔޫއޭއީ އިން […]

ޔޫއޭއީގެ ވައިގެ ދަތުރުފަތުރުތައް އަލުން އާންމު ހާލަތަށް ގެނެސްފި
International

ޔޫއޭއީގެ ވައިގެ ދަތުރުފަތުރުތައް އަލުން އާންމު ހާލަތަށް ގެނެސްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައި، ވައިގެ ދަތުރުފަތުރުތައް އަލުން އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެ ގައުމުގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން މިއަދު އިއުލާނުކޮށްފިއެވެ. ޖީސީއޭއޭ އިން ހާމަކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އޮޕަރޭޝަނަލް އަދި ސަލާމަތީ ކަންކަން ފުރިހަމައަށް ވަޒަންކުރުމަށްފަހުގައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގަ...

ޔޫއޭއީގެ ރައްޔިތުން އީރާން، ލުބުނާން އަދި އިރާގަށް ދަތުރުކުރުން މަނާކޮށްފި
International

ޔޫއޭއީގެ ރައްޔިތުން އީރާން، ލުބުނާން އަދި އިރާގަށް ދަތުރުކުރުން މަނާކޮށްފި

ސަރަހައްދީ ގޮތުން މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައްޔިތުން އީރާން، ލުބުނާން އަދި އިރާގަށް ދަތުރުކުރުން އެގައުމުގެ ސަރުކާރުން ބުރާސްފަތި ދުވަހު މަނާކޮށްފިއެވެ. މީގެ އިތުރުން މިހާރު އެ ގައުމުތަކުގައި ތިބި ޔޫއޭއީގެ ރައްޔިތުން ވީ އެންމެ އަވަހަކަށް އެނބުރި ގައުމަށް އައުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ “މިހާރު ސަރަހައްދުގައި ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް” ނިންމި ނ...

ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދަށް ބޮޑު ގޮންޖެހުމެއް، ޔޫއޭއީ އެ އިއްތިހާދުން ވަކިވަނީ
International

ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދަށް ބޮޑު ގޮންޖެހުމެއް، ޔޫއޭއީ އެ އިއްތިހާދުން ވަކިވަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކް އަދި އޯޕެކް ޕްލަސް އިން ވަކިވުމަށް ނިންމައިފިއެވެ. މި ނިންމުމަކީ ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ގައުމުން ބުނެފައިވާއިރު، މިއީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގައި އެ އިއްތިހާދަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،...

އިސްރާއީލަށް ދަތުރުތައް އަލުން ފެށި ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިންތަކުގެ ތެރޭގައި ޔޫއޭއީގެ ދެ އެއާލައިން
International

އިސްރާއީލަށް ދަތުރުތައް އަލުން ފެށި ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިންތަކުގެ ތެރޭގައި ޔޫއޭއީގެ ދެ އެއާލައިން

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައަށްފަހު، އިސްރާއީލަށް ދަތުރުތައް އަލުން ފެށި ބައިނަލްއަގުވާމީ ފުރަތަމަ އެއާލައިންތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ދެ އެއާލައިނެއް ހިމެނިއްޖެއެވެ. ހުޅަނގުގެ މީޑިއާއިން މިކަން ސިފަކޮށްފައި ވަނީ ”މިއީ ތާރީޚީ އަބްރަހަމް އެކޯޑްސްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާއި ބަދަހިވަމުންދާ ގުޅުން ހާމަކޮށްދޭ މުހިންމު ނިންމުއްގެ” ގޮތުގައެވެ. އަބޫދާބީގެ ފްލެގް ކެރިއަރ ކަމަށްވާ އި...

ޔޫއޭއީގެ ސަފީރުކަމުން މުންދު ވަކިކޮށްފި
Raajje

ޔޫއޭއީގެ ސަފީރުކަމުން މުންދު ވަކިކޮށްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު މަގާމުން ވަކިކުރައްވައިފިއެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. މުންދުގެ އިތުރުން، މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިނ...