ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު މަގާމުން ވަކިކުރައްވައިފިއެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ.
މުންދުގެ އިތުރުން، މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ މަގާމުތަކަށް ވެސް މިއަދު ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.
މީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނު މިއަދު ވަނީ މަގާމުން އިސްތިއުފާ ހުށަހަޅުއްވާފައެވެ. އޭނާ އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން، އޭނާ ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!