Skip to main content
Topic Archive

#ކްރިމިނަލް ކޯޓު

195 Stories filed
ބޭންކުގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނެގިކަން ސާބިތުވެ, ޖޫރިމަނާކޮށްފި
Raajje

ބޭންކުގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނެގިކަން ސާބިތުވެ, ޖޫރިމަނާކޮށްފި

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކަކުން ފައިސާ ވަގަށް ނެގި އެ ބޭންކުގެ ކުރީގެ މުވައްޒަފަކު 56،000ރ. އިން ޖޫރިމަނާކޮށް އަދި 40 ގަޑިއިރު މުޖްތަމައުއަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ބ. އޭދަފުށީ ހިޔާވަހި، އަލީ މާޒިންގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ ސެޕްޓެމްބަރު، 2012 ގައި އިން ފެށިގެން 2021 އާ ހަމައަށް ބީއެމްއެލްގައި އޭނާ ވަޒީފާ އަދާ ކުރިއިރު، ކަސްޓަމަރުންގެ ހުއްދަ ނެތި އިންޓަނެޓް ބޭންކުގައި އެ މީހުން ރަޖިސްޓްރީ ކުރުމަށްފަހު އެކައުންޓްތަކުން […]

ވިހާފައި ކުއްޖަކު އެއްލާލި މައްސަލަ: ޖަލުގައި އެހީވާނެ މީހަކު ނެތް ކަމަށް ބުނެ ޝަކުވާ
Raajje

ވިހާފައި ކުއްޖަކު އެއްލާލި މައްސަލަ: ޖަލުގައި އެހީވާނެ މީހަކު ނެތް ކަމަށް ބުނެ ޝަކުވާ

އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލި ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހާ, އޭނާއަށް ޖަލުގައި އެހީތެރިވާނެ މީހަކު ނެތް ކަމަށް ބުނެ އަދި ޝަރީއަތް ލަސްވާތީ ކްރިމިނަލް ކޯޓުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށްލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީ ލަންކާގެ މީހެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. އެ މައްސަލާގައި އޭނާ […]

ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
Raajje

ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި

ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދިއްޖެ އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުގެ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އަދި އެ މީހުން ތިބި ތަނެއް ނޭނގޭތީ އެ މީހުން ތިބި ތަނެއް ހޯދުމުގެ މަސައްކަތް ދައުލަތުން ދިޔައީ […]

ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
Raajje

ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން […]

ޝަމީމަށް ހަމަލާދިން މައްސަލާގެ ޝަރީއަތް ފަށައިފި
Raajje

ޝަމީމަށް ހަމަލާދިން މައްސަލާގެ ޝަރީއަތް ފަށައިފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައި، ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ ފެބްރުއަރީ މަހު ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު އޭނާއަށް ފާރަލަމުން ދިއުމަށްފަހު އެވެ. އެ ހަމަލާގައި އޭނާގެ އަތުގެ ކަށިތަކުގައި ރެނދުލާފައިވެ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ރ. އަލިފުށީ ރިވެލ...

އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި
Raajje

އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރުދެއްކުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު (32) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އަތުހަރުގެ ލޯބިވެރިޔާ ކަރުގައި ވަޅިޖައްސައި ރަހީނުކޮށް ސައިކަލުގައި ފިލަން މަސައްކަތް ކުރަނިކޮށް، އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ބޮލުގައި މުގުރުން ޖެހުމުން އޭނާއަށް ލިބުނު އަނިޔާއަށް ބުރާސްފަތި ދުވަހުގެ ރޭ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން...

ޔާމީންގެ ޝަރީއަތް ލައިވްކޮށް ދައްކަން ނިންމައިފި
Raajje

ޔާމީންގެ ޝަރީއަތް ލައިވްކޮށް ދައްކަން ނިންމައިފި

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ. އެ މައްސަލާގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ […]

ނައީމާ މަރާލި ކަމަށް ދެ މީހުން އިންކާރުކޮށްފި
Raajje

ނައީމާ މަރާލި ކަމަށް ދެ މީހުން އިންކާރުކޮށްފި

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް, ނ. މަނަދޫގައި މިދިޔަ އަހަރު މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ދެ މީހަކު މިއަދު އެ ދައުވާއަށް އިންކާރުކޮށްފި އެވެ. ނައީމާ ދިރިއުޅުނު ގޭގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަހުޒަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް ހުސައިން ފަވާޒުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި […]

ފެންވަރަން ހުއްޓާ ވަދެ, ވަޅިން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަަލަށް
Raajje

ފެންވަރަން ހުއްޓާ ވަދެ, ވަޅިން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަަލަށް

މީހަކު ފެންވަރަން ހުއްޓާ ގެއަށް ވަދެ, އޭނާއަށް ވަޅިން ހަމަލާ ދިން މީހަކު 7 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފިރިހެނަކު ފެންވަރަން ހުއްޓާ އެގެއަށް ވަދެ, ގަދަކަމުން އޭނާ ފަހާނާއިން ނެރުމަށްފަހު ވަޅިން ހަމަލާދިނީ އޭނާގެ ބުރަކަށްޓަށެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ މ ގޯލްޑަންލީފް އަހުމަދު ނަބީލްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ އެކަމަށް އިންކާރުކުރި ނަމަވެސް ހެކިންގެ […]

މަންޑޭއަށް ކުރާ 100 ދައުވާގެ ޝަރީއަތުގައި ވަކީލަކު ހޯދަން 10 ދުވަސް
Raajje

މަންޑޭއަށް ކުރާ 100 ދައުވާގެ ޝަރީއަތުގައި ވަކީލަކު ހޯދަން 10 ދުވަސް

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް މިއަދު ކޯޓުން ދީފި އެވެ. ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. މަންޑޭގެ އިތުރުން ރ. […]

ޖިހާދުގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލައިފި
Raajje

ޖިހާދުގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭގެ) ގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލާގައި ދައުލަތުން ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.  އެއީ ސަރުކާރުގެ […]

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 30 ދުވަސް
Raajje

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 30 ދުވަސް

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އެމީހާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫ...

ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްމާދަށް 14 އަހަރުގެ ޖަލު ހުކުމެއް
Raajje

ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްމާދަށް 14 އަހަރުގެ ޖަލު ހުކުމެއް

ރ. މަޑުއްވަރީގައި ކުޑަކުއްޖަކާ ކައިވެނިކޮށް އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި އިސްމާއިލް ހައްމާދުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ. އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވިހެއި މައްސަލަ ފެންމަތިވީ ދީނީ ހިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ […]

މޭރީގެ މަރު: އެންމެ ފަހުން ލަމްހާގެ ދައްތަ ކޯޓުގައި ހެކިބަސް ދީފި
Raajje

މޭރީގެ މަރު: އެންމެ ފަހުން ލަމްހާގެ ދައްތަ ކޯޓުގައި ހެކިބަސް ދީފި

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ދައްތަގެ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރާ އެކު, އޭނާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން […]

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލުމުގައި ބައިވެރިވި 3 މީހުން ބަންދަށް!
Raajje

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލުމުގައި ބައިވެރިވި 3 މީހުން ބަންދަށް!

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން ފިރިހެނުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ޒުވާނަކާއި 21 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެކެވެ. މި ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ޖުލައި ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް […]