މީހަކު ފެންވަރަން ހުއްޓާ ގެއަށް ވަދެ, އޭނާއަށް ވަޅިން ހަމަލާ ދިން މީހަކު 7 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފިރިހެނަކު ފެންވަރަން ހުއްޓާ އެގެއަށް ވަދެ, ގަދަކަމުން އޭނާ ފަހާނާއިން ނެރުމަށްފަހު ވަޅިން ހަމަލާދިނީ އޭނާގެ ބުރަކަށްޓަށެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރީ މ ގޯލްޑަންލީފް އަހުމަދު ނަބީލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ އެކަމަށް އިންކާރުކުރި ނަމަވެސް ހެކިންގެ ހެކިބަހުންނާއި އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާ ހަތް އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ މީހާ ފެންވަރަން ހުއްޓާ ފާހާނާއިން ނެރުނީ އިތުރު ބަޔަކާ ބައިވެރިވެގެންނެވެ. އަދި ވަޅިން ހަމަލާ ދިނުމަށްފަހު އެ މީހުން ނިކުމެގެން ދިއުމުން އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ މަގުމަތިން ދިމާވި ފުލުހުންތަކެއްގެ އެހީގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!