Skip to main content
Topic Archive

#ކްރިމިނަލް ކޯޓު

195 Stories filed
ޓިކްޓޮކްގައި ބޭ އަދަބީ އަމަލުތައް ހިންގާ ޔާޔާ އުމުރަށް ޖަލަށް
Raajje

ޓިކްޓޮކްގައި ބޭ އަދަބީ އަމަލުތައް ހިންގާ ޔާޔާ އުމުރަށް ޖަލަށް

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭއަދަބީ އަމަލުތައް ހިންގާ މުހައްމަދު ނަބީލް (ޔާޔާ) ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ޔާޔާ އާއި ހދ. ކުޅުދުއްފުށީ/ބިޗާނާ އާދަމް މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު، 2017 ގައި އެ މީހުން މާލޭގައި ތިބި ކޮޓަރިއެއް ފާސް ކުރިއިރު އެތަނުން މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ޔާޔާގެ ގެ ގެއިން ޑްރަގް ފެނުނު މައްސަލައެއްގަ އެވެ. ދައުވާގައިވާ […]

ކޯޓަށް އެއްބާރުލުން ނުދޭތީ ބަންދުކުރި މަންޑޭ ކޯޓުން ދޫކޮށްލައިފި
Raajje

ކޯޓަށް އެއްބާރުލުން ނުދޭތީ ބަންދުކުރި މަންޑޭ ކޯޓުން ދޫކޮށްލައިފި

ކޭ ޕާކު ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ޝަރީއަތް ނިމެންދެެން ބަންދުކުރި ހަސަން މަމްދޫހު (މަންޑޭ) ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. ކޭޕާކް ހަދަމުންދާ ކުންފުނި ކަމަށްވާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާ މައްސަލާގައި މިދިޔަ ހަފުތާގައި […]

ކޯޓަށް ހާޒިރުނުވާތީ މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ކޯޓަށް ހާޒިރުނުވާތީ މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތަށް އެއްބާރުލުން ނުދޭތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ކޭ ޕާކް ހަދަމުންދާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ އެ ކުންފުނީގެ ފަރާތުން ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ […]

އިނގުރައިދޫ މީހަކު ފަނޑިޔާރަކަށް ހަމަލާދީގެން ހައްޔަރުކޮށްފި
Raajje

އިނގުރައިދޫ މީހަކު ފަނޑިޔާރަކަށް ހަމަލާދީގެން ހައްޔަރުކޮށްފި

ފަނޑިޔާރަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލާގައި ހައްޔަރުކުރީ ރ. އިނގުރައިދޫއަށް ނިސްބަތްވާ 49 އަހަރުގެ މީހެކެވެ. އެ މީހާ ފަނޑިޔާރަށް ދެފަހަރެއްގެ މަތިން ހަމަލާދިން ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. ނަމަވެސް ހަމަލާދިނީ ކޮން ކޯޓެއްގެ ފަނޑިޔާރަކަށް ކަމެއް ސާފެއް ނުވެ އެވެ. އެ މީހާ ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ އޭނާ ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުގެ އަމުރުގައި އަންގާފައިވެ އެވެ.

ފުއްގިރީގެ މައްސަލާގައި ޔާމީންގެ ދިފާއުގައި ނަރީޝް ހެކިބަސް ދޭން ހާޒިރެއްނުވި
Raajje

ފުއްގިރީގެ މައްސަލާގައި ޔާމީންގެ ދިފާއުގައި ނަރީޝް ހެކިބަސް ދޭން ހާޒިރެއްނުވި

ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދޭން ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ދެކޮޅު ހަދައިފި އެވެ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ނަރީޝްގެ އިތުރުން އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ދިފާއީ ހެއްކެއްގެ ގޮތުގައި ވަނީ ހުށަހަޅައިފަ […]

އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިގިރެޓްތައް އަނބުރާ ހަވާލުކުރަން އަންގައިފި
Raajje

އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިގިރެޓްތައް އަނބުރާ ހަވާލުކުރަން އަންގައިފި

މާލޭގެ އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިނގިރޭޓްތައް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި އެވެ. ހ. ހުޅުގަލީގައި ހިންގާ އޮފީހެއްގައި ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ފުލުހުން އެތަން ފާސް ކުރިއިރު ގިނަ އަދަދެއްގެ ދުންފަތް ފެނިފައިވެ އެވެ. އެއީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެކެވެ. އެތަކެތި އަނބުރާ ހޯދަން އެ ކުންފުނިން […]

ކިލޯއެއްގެ ޑްރަގް ގެނައި މީހެއްގެ އަދަބު ލުއިކޮށް, 12 އަހަރަށް ޖަލަށް
Raajje

ކިލޯއެއްގެ ޑްރަގް ގެނައި މީހެއްގެ އަދަބު ލުއިކޮށް, 12 އަހަރަށް ޖަލަށް

ރާއްޖެއަށް ކިލޯއެއްގެ ޑްރަގް އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޖުލައި، 2023 ގައި ވައިގެމަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި އަހުމަދު ވިސާމް ނަމަކަށް ކިޔާ މީހަކު ގެނައި ކަރުދާސް ފޮށިގަނޑެއް ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގައި އޮތް ފުޅިއެއްގެ ތެރެއިން 480.8 ގްރާމުގެ ކެނެބިސް އާއި އިތުރު ފުޅިއެއްގެ ތެރެއިން 481.9 ގްރާމު ކެނެބިސް ފެނިފައިވެ އެވެ. ޑްރަގް އެތެރެކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ […]

ފުލުހުންނަށް ނޭނގި ލަމްހާ ކޯޓަށް ދާތީ ޕީޖީން އެދުނީ އޭނާ ޖަލަށްލާން
Raajje

ފުލުހުންނަށް ނޭނގި ލަމްހާ ކޯޓަށް ދާތީ ޕީޖީން އެދުނީ އޭނާ ޖަލަށްލާން

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ފުލުހުންނަށް ނާންގާ ކޯޓުތަކަށް ދިއުމަކީ ކޯޓުގެ ޝަރުތާ ހިލާފުވުން ކަމަށް ބުނެ އޭނާ ޖަލަށް ބަދަލުކުރަން ދައުލަތުން މިއަދު އެދުމުން ކްރިމިނަލް ކޯޓުން އެކަމަށް މިއަދު ދެކޮޅު ހަދައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 ގައި މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރާއިރު، ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފަ އެވެ. މިއަދުގެ […]

ދިވެއްސަކަށް ދިވެހި ބަސް ނޭނގިގެން ތަރުޖަމާނެއްގެ އެހީ ދީިފި
Raajje

ދިވެއްސަކަށް ދިވެހި ބަސް ނޭނގިގެން ތަރުޖަމާނެއްގެ އެހީ ދީިފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެއްސަކަށް ދިވެހި ބަސް ނޭނގޭތީ، ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފި އެވެ. މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ދިވެހި ބަސް ފަހުމު ނުވާތީ ކްރިމިނަލް ކޯޓުން އިއްޔެ ބަންދު މުއްދަތު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ އެހީގައި ކަމަށް އެ ކޯޓުގެ އަމުރުގައިވެ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ […]

ސްޕޯޓްސް ކާރު އެކްސިޑެންޓް: ކާރު ދުއްވި މީހާ ތިން މަހަށް ޖަލަށް
Raajje

ސްޕޯޓްސް ކާރު އެކްސިޑެންޓް: ކާރު ދުއްވި މީހާ ތިން މަހަށް ޖަލަށް

ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި މީހާގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައި، 70،000ރ. އިން ޖޫރިމަނާކޮށްފި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ކާރު ދުއްވަން […]

އަރުހަމް މަރާލި މައްސަލާގެ ޝަރީއަތް 12 އަހަރުފަހުން އަލުން ފަށައިފި
Raajje

އަރުހަމް މަރާލި މައްސަލާގެ ޝަރީއަތް 12 އަހަރުފަހުން އަލުން ފަށައިފި

މީގެ 12 އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަށައިފި އެވެ. މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ހއ. ހޯރުފުށީ ނޫރީގޭ އަރުހަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު […]

މަންޑޭގެ އެޕާޓްމެންޓާއި މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓައިފި
Raajje

މަންޑޭގެ އެޕާޓްމެންޓާއި މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓައިފި

ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ގިނަ ބަޔަކަށް ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ. ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކާ ގުޅިގެން ނޮވެމްބަރު, 2023 އިން ފެށިގެން އޭނާގެ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި އަގު ބޮޑު މުދާތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް އޮތީ ގެނެސްފަ […]

ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
Raajje

ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަނެއްކާވެސް ބަންދުން ދޫކޮށްލަަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީގެ ފިރިމީހާ މާވިން އެސްވައިއާ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނާ މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން މިއަދު އެގޮތަށް ނިންމީ ޝަރީއަތް ނުނިމި ލަސްވެފައިވާތީ އޭނާގެ ފަރާތުން މިދިޔަ ހަފުތާގައި އެގޮތަށް އެދުމުންނެވެ. ލަމްހާ ދޫކޮށްލ...

ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިންތައް ނުހޯދޭތީ ހެކިބަސް ނުނަގަން ނިންމައިފި
Raajje

ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިންތައް ނުހޯދޭތީ ހެކިބަސް ނުނަގަން ނިންމައިފި

ރިސޯޓެއްގައި ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިންތައް ހޯދަން ކުރި މަސައްކަތުން އެ މީހުން ތިބި ތަނެއް ހޯދިފައި ނުވާތީ އެ މީހުންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިވެރިންތަކެއް […]

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ސާބިތެއްނުވި
Raajje

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ސާބިތެއްނުވި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ކުރީ ރަސްމީ […]