ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭގެ) ގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލާގައި ދައުލަތުން ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.

Ad
rt

އެއީ ސަރުކާރުގެ ލަފައާ ހިލާފަށް ސަރުކާރުގެ ހިއްސާ މަދުން އޮންނަ ގޮތަށް ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކުރި މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ އެންޓި ކޮރަޕްޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ރިޔާސީ ކޮމިޝަނަކުން އަލުން ތަހުގީގު ކުރިއިރު, އޭގެ ސަބަބެއް ބުނެނުދެވޭ ކަމަށެވެ. އަދި ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ކަމަށް ވާއިރު, އޭނާގެ ބަހުގެ ތެދުކަމާ މެދު ޝައްކު އުފެދޭއިރު ވެސް އެކަން ތަހުގީގުގައި ބަލާފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. ކަމެއް ދައުލަތަށް ބުނެދެވިފައި ނެތުމެވެ.

ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި-3 ފްލެޓް މަގާމުގެ ދައުރު ހަމަވުމަށްފަހު ވެސް ބޭނުންކުރި މައްސަލާގައި 1.1 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ދައުވާކުރި އެވެ. މައްސަލަ ވެސް އޮތީ އަނބުރާ ގެންގޮސްފަ އެވެ.