މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މައްސަލާގެ ޝަރީއަތް ސިއްރުކޮށްގެން އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ޝިއާއު މަރާލުމަށްފަހު ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ދައުވާކުރަނީ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
އެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ހެނދުނު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާއިރު، އެ ޝަރީއަތް ކުރިއަށް ގެންދާނީ ސިއްރުކޮށްގެން ކަމަށް ކޯޓުގެ ތާވަލްގައިވެ އެވެ.
ސާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ކުރެ އެވެ. ބާކީ އޮތް ދެ ދައުވާގެ މައުލޫމާތު ވަނީ ސިއްރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!