ދީނީ އިލްމު ވެރިޔާ ޝައިޚް ފަޒްލޫނު މުހައްމަދުގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ކުށަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ.

Ad
rt

މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނު 9:00 އަށެވެ.

ޝައިޚް ފަޒްލޫން ހައްޔަރުކުރީ ފައިބެއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ، ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.

އެދުވަހުގެ ހަރަކާތަކީ ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވި، ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބައެއް މީހުންނަށް ހަމަލާދީ، ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެ މައްސަލައިގާ ފުލުހުން ވަނީ 25 މީހަކު ހައްޔަަރުކޮށްފައެވެ.