ފޭކް ސްލިޕް ފޮނުވައިގެން 10 މަސް ކޭސް ހޯދި މީހަކު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އއ. މަތިވެރީ ހަނދުވަރީގޭ އަބްދުﷲ ޖަމީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ އެ ހުކުމްކުރީ 2021 ވަނަ އަހަރު އެންޒީ ފިހާރައަށް ދެ ފަހަރެއްގެ މަތިން ފޭކް ސްލިޕް ފޮނުވައިގެން 10 މަސް ކޭސް ހޯދުމުންނެވެ.

Ad
rt

ހުކުމުގައިވަނީ އޭނާ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިންގެ ހެކިބަހުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.

މީގެކުރިން ވެސް އެހެން ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ ކޯޓުން ކުރި ހުކުމުގައިވަނީ އަދަބުގެ ދަރަޖަ މަތިކޮށް، އެއް އަހަރަށް ޖަލަށްލުމަށެވެ.