ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިލުމުން 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ.
އެ ފަރާތްތަކަކީ:
1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ
2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ
3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫ
4. އިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫ
5. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫ
6. ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫ
7. އަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށި
8. ޙުސައިން ސާލިމް / އާރު, ހއ. މާރަންދޫ
9. ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194
10. އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ, ގއ.ނިލަންދޫ
ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަކީ އަޙްމަދު ޝަކީލެވެ. އެ ކޯޓުގެ އިތުރު ޤާޟީން ގޮތުގައި މިވަގުތު ތިއްބެވީ، ޢަލީ އާދަމް، ހުސައިން ފާއިޒް ރަޝާދު، ހަސަން ސައީދު، އާދަމް މުޙައްމަދު، މުހައްމަދު މިސްބާޙް، ޞަފްޢަތު ހަބީބު، ޢަލީ ނަދީމް އަދި އިސްމާޢީލް ޝަފީޢު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!