ޖައުހަރީ ސަލާމަތްކުރެވޭތޯ ފުލުސް އޮފިސަރަކާއި ސްޓެލްކޯގެ މުވައްޒަފެއް ދެއްކި ހިތްވަރަށް ތައުރީފް
މާލޭގެ އުސްފަސްގަނޑާއި ދިމާ މޫދުގައި މިއަދު ނިޔާވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ) މޫދުން ނަގައި ސަލާމަތްކުރެވޭތޯ ފުލުސް އޮފިސަރަކާއި ސްޓެލްކޯގެ މުވައްޒަފެއް ދެއްކި ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އެބަދެއެވެ. އުސްފަސްގަނޑާ ދިމާއިން މޫދުގައި ޖައުހަރީ އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 5:06 ހާއިރު އެވެ. ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. މީގެ ކުރިން ވަނީ މޫދުގައި އޮތް ޖައުފަރުގެ ހ...