މިއަދު އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މި ދޯނި އަޑިއަށް ދިޔައީ އަލިފާން ނިވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 14:45 ހާއިރު ކަމަށެވެ.

Ad
rt

މި ދޯނީގައި ތިބި ފަސް މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެެންޑީއެފުން ބުނީ، އަލިފާން ރޯވީ، ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯޏެއްގައި ކަމަށެވެ.

މި ދޯނީގައި އަލިފާން ރޯވީ އިންޖީނު ރޫމުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެތަނުގެ ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ އަދި ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން މިއަދު 14:20 ހާއިރު މި ދޯނީގައި ރޯވި އަލިފާން ނިއްވާލިކަމަށެވެ.

ބެލެވޭގޮތުގައި މި ދޯނި އަޑިއަށް ދިޔައީ އޭގެ ފަހުންނެވެ.